ކ. މާފުށީ ޖަލުގެ ގޮޅިއެއް ރިމާންޑް ޖަލެއްގެ ގޮތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ އިން ކަނޑައަޅައިފިއެވެ.
އެ ވުޒާރާއިން ކޮށްފައިވާ އިއުލާނެއްގައި ވަނީ، އާންމު ޖަލެއްގެގޮތުގައި ބޭނުންކުރަމުންއަންނަ، މާފުށީ ޖަލުގެ ޔުނިޓް 10 ގެ ވިންގ 03 ގެ ސެލް 05 (01 ޖަލުގޮޅި) އަކީ މީހުން ބަންދުކޮށްފައި ބޭތިއްބުމަށް ތައްޔާރުކޮށްފައިވާ ތަނެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ ތަނެއް ކަމަށާއި .
ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން މާފުށީ ޖަލުގެ ޔުނިޓް 10 ގެ ވިންގް ތިނެއްގެ ފަސް ވަނަ ގޮޅިއަކީ ރިމާންޑް ޖަލެއްގެ ގޮތުގައި ކަނޑައަޅާފައިވާކަމަށެވެ.