-Advertisement-

-Advertisement-

‎މުދަލު ޒަކާތުގެ ނިސާބު ދަށްވެއްޖެ

ފޮޓޯ: ތިލަދުން

މުދަލު ޒަކާތުގެ ނިސާބު ދަށްވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީގެ ފަރާތުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މުދަލު ޒަކާތުގެ ނިސާބް ކަނޑައެޅުމުގައި އެ ވުޒާރާއިން އަމަލު ކުރަމުންދާ އުސޫލުގެދަށުން އިއްޔެން ފެށިގެެން ރާއްޖޭގައި ފައިސާ އިން މުދަލު ޒަކާރް ނެރުން ވާޖިބުވާ ނިސާބަކީ 7،140 ރުފިޔާ ކަމަށް ވަނީ ކަނޑައަޅާފައިވާފައިއެވެ.

މީގެ ކުރިން މުދަލު ޒަކާތުގެ ނިސާބު ހުރީ 7،151.90 ރުފިޔާ ގައެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސޯބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ފަރުޟެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސްމުދަލުގެ ޒަކާތް ދެއްކޭނެއެވެ.

މުދަލުގެ ޒަކާތު ވާޖިބުވަނީ އެމީހެއްގެ އަތުގައި ނިޞާބު ގެ މިންވަރު ނުވަތަ އެއަށްވުރެން ގިނަފައިސާ ހަމަވެފައި ހުންނަތާ 01 އަހަރު ވެފައިވާ ފައިސާ އާއިތަކެތިންނެވެ. ޒަކާތް ނެރެންޖެހޭނީ އެ ޢަދަދެއްގެ 40 ބައި ކުޅަ އެއްބައެވެ. އެއީ 2.5 އިން ސައްތައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-