ރާއްޖޭގެ މޫސުން ގޯސްވުމުން އެއާޕޯޓުތަކަށް ޖެއްސުމުގައި ދަތިތަކެއް ދިމާވެ، ބައެއް ފްލައިޓްތައް ޑިލޭ ވެއްޖެ އެވެ.
ފްލައިޓްތައް ޓްރެކްކުރާ “ފްލައިޓްރާޑާ” އިން ދައްކާ ގޮތުގައި ރާއްޖޭގެ ވައިގެ ސަރަހައްދުގައި ފްލައިޓްތައް ނުޖެއްސިގެން ވޭތުވެދިޔަ ފަސް ވަރަކަށް ގަޑިއިރުވަރަށް ގިނަ ވަގުތު ވައިގެ ތެރޭގައި ދުއްވާފައި ވެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވެބްސައިޓުން ފްލައިޓް ޝެޑިއުލް ފެންނަ ގޮތުގައި އެރައިވަލްގެ 17 ވަރަކަށް ފްލައިޓް ވަނީ ޑިލޭ ވެފަ އެވެ. އަދި ފުރަން އޮތް11 ފްލައިޓް ޑިލޭވި އެވެ.
ހެނދުނު 10:30 އިން ފެށިގެން ފަސް ގަޑިއެއްހާއިރަށް ފްލައިޓްތައް ޑިލޭވެފައިވާ ކަމަށް ވެސް އޭގެން ދައްކަ އެވެ.