-Advertisement-

-Advertisement-

‎ކޮމަންޑު އަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް

ފޮޓޯ: މިހާރު އެމްވީ

ރޭ ދަންވަރު ށ. ކޮމަންޑު އަށް އުދަ އަރައި އެ ރަށުގެ ގިނަ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އެ ރަށު ކައުންސިލުން ބުނީ އުދައެރުމުގެ ސަބަބުން ގޭގެއަށް ލޮނު ވަދެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

ރައްޔިތުންގެ މުދަލާއި ގޯތިގެދޮރު ސަލާމަތް ކުރުމަށްޓައި ކައުންސިލާއި ސާޓްޓީމާއި އެމްޓީސީސީ އަދި ޕޮލިހުންނާއި ރައްޔިތުން ގުޅިގެން މިހާރު ވެސްމަސައްކަތް ކުރަމުންދާ ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ.

އެންޑީއެމްއޭގެ އޮފިޝަލަކު ވިދާޅުވީ އުދައިގެ ސަބަބުން މީހުން ދިރި ނޫޅެވޭ ވަރު ވުމުން ރޭ އެއް ގޭގެ މީހުން އެހެން ގެ އަކަށް ބަދަލު ކުރި ކަމަށެވެ. ނަމަވެސްހެނދުނު އެ މީހުން އަނބުރާ ގެއަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-