-Advertisement-

-Advertisement-

އޮފަރ ކަސިފް އަކީ ކާކު؟

މި ހަފްތާގައި އެންމެ ބާރަށް ދެކެވެމުންދިޔަ އެއްވާހަކައަކީ އިޒްރޭލުގެ ރައްޔިތުން މަޖިލީހުގެ މެންބަރަކު ދެކުނު އެޕްރިކާއިން އެޒްރޭލާއި ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮޕް ޖަސްޓިސް (އައިސީއެފް) އަށް ވެއްދި މައްސަލައަށް ތާއީދުކޮށް ޕެޓިޝަންގައި ސޮއި އިޒްރޭލުގައި ހޯދަމުންދާ ވަހަކައެވެ. މި ވާހަކައިގެ ތަފްސީލަށް ދިޔުމުގެ ކުރިން އޮފަރ ކަސިފްއަކީ ކާކުކަން އެނގުން ވަރަށް މުހިއްމެވެ.

އޮފަރ ކަސިފް އަކީ އިޒްރޭލުގެ އަރަބި މެޖޯރިޓީ ޕާޓީ އެއްކަމަށްވާ ހަދާޝް-ތަލްޤުލް ޕާޓީއަށް ނިސްބަތްވާ އިޒްރޭލުގެ ގާނޫން ހަދާ މަޖިލީހުގެ މެންބަރެކެވެ. އުފަންވެފައިވަނީ 1964 ވަނަ އަހަރު މިހާރު އިޒްރޭލުން ވެރިރަށްކަމަށް ދައުވާ ކުރާ ޓެލް އަވީވް ކައިރީގައިވާ ރިޝޮން ލެޒިއޮން ނަމަކަށް ކިޔާ އަވަކަށެވެ. އޭނާ ގާނޫން ހަދާ މަޖިލީހުގެ މެންބަރުކަން އަދާ ކުރާތާ ގާތްގަނޑަކަށް 5 އަހަރު ވެއްޖެއެވެ. އެނާ މަތީ ތައުލީމް ހާސިލްކޮއްފައިވާނީ ސިޔާސީ ފަލްސަފާއިން ލަންޑަންގެ ސްކޫލް އޮފް އިކޮނޮމިކްއިންނެވެ.

މިއީ އަޒްރޭލުގެ އަމަލުތަކާއި ދެކޮޅަށް އޮފަރ ކަސިފް ތެދުވި ފުރަތަމަ ފަހަރެއް ނޫނެވެ. 1980 ވަނަ އަހަރު އަމުރުން 16 އަހަރުގައި އިޒްރޭލުން ހިފާފައިވާ ސަރަހައްދުގައި ސިފައިންގެ ވަޒީފާ އަދާ ކުރުމަށް ދެކޮޅުހެދުމުން އޭނާ ވަނީ ޖަލުގައި ދުވަސްތަށް ހޭދަކޮއްފައިއެވެ. މީގެ އިތުރުން 2021 ވަނަ އަހަރު އިޒްރޭލުން ނުހައްގުން އިރުމަތީ ގުދުސް ހިސޯރުކުރުމާ ދެކޮޅަށް އިޒްރޭލުގައި ބޭއްވި މުޒާހަރާގައި އޭނާ ބައިވެރިވުމުގެ ތެރޭގައި އިޒްރޭލުގެ ސިފައިންވަނީ އޭނާ އަށް ބޮޑެތި އަނިޔާތަކެއްދީފައިއެވެ.

އޭނާގެ “ޕްރޯ ފަލަސްތީން” ފިކުރުގެ ސަބަބުން 2019 ވަނަ އަހަރުގެ އާންމު އިންތިހާބުގައި ވާދަ ނުކުރެވޭގޮތް ހެދުމަށް އިޒްރޭލުގެ އިލެކްޝަން ކޮމިޝަންއިން މަސައްކަތް ކުރިއެވެ. ނަމަވެސް އިލެކްޝަން ކޮމިޝަނާއި ދެކޮޅަށް އިޒްރޭލުގެ ސްޕްރީމް ކޯޓުން ގޮތް ނިންމިއެވެ. އަދި އެ އިންތިހާބުގައި ކަސިފް ވާދަކޮށް ކާމިޔާބީ ހޯދާފައިއެވެ.

ޗެތަމް ހައުސް, ލަންޑަންގެ ތިންކް ޓޭންކެއްގެ މެންބަރު ޔޯސީ މެކެލްބަރގް އޮފަރ ކަސިފް ސިފަ ކުރަނީ  އޮފަރ ކަސިފް އަކީ އިޒްރޭލުގެ ސިޔާސީ މީހުންގެ ތެރެއިން ފިކުރު އެންމެ ތަފާތު އެކަކު ކަމަށެވެ.

“ކުރަން ނުޖެހޭ ހަނގުތާމައެއްގައި އަހަރެން އެއްވެސް ކޮޅަކަށް ނުޖެހޭނަން. މި ހަންގުރާމައިން ފައިދާ ވަނީ ވެރިންނަށް އެކަނި” ކަސިފް ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވެއެވެ

ފަލަސްތީނާއި މެދު އޮފަރ ކަސިފްގެ ވިސްނުން

ކަސިފްއަކީ މިނިވަން ދެ ދައުލަތަށް ވަރަށް ކުރިންވެސް ތާއީދުކުރާ މީހެކެވެ. 2023 ވަނަ އަހަރު އަޒްރޭލުގެ ކޮމިއުނިސްޓް ޕާޓީގެ ވެބްސައިޓްގައި ޝާއުރުކޮއްފައިވާ އޮފަރ ކަސިފްގެ ވާހަކައެއްގައި އޭނާ ބުނެފައިވާނީ ފަލަސްތީނުގެ ރައްޔިތުނަށްވެސް އިންސާނުންނަށް ވީތީ މިނިވަން ދައުލަތެއްގައި އުޅުމުގެ ހައްގު ލިބިގެންވާކަމަށެވެ. އަދި އެހައްގު ފަލަސްތީނުގެ ރައްޔިތުންނަށް ހޯދައިދޭން ޖެހޭނެކަމަށެވެ.

1967 ގައި ބިން ބަހާފައިވާ އޮތްގޮތަށް މިނިވަން ދައުލަތެއް ގޮތުގައި ފަލަސްތީން އޮންނަން ޖެހޭ.. އެއީ ޣައްޒާ ސްޓްރިޕް, އިރުމަތީ ގުދުސް އަދި ހުޅަނގު އައްސޭރި ފަލަސްތީނުގެ ބާރު ހިނގާ މިނިވަންތަނަކަށް ހެދުން. އިތުރު އެހެން ގޮތަކަށް އިޒްރޭލުން ބިން ފޭރިގަތުން ބަލައިނުގަނެވޭނެ.

އޮފަރ ކަސިފްގެ “ޕްރޯ ފަލަސްތީން” ފިކުރުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތައް

ދެކުނު އެޕްރިކާއިން އެޒްރޭލާއި ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮޕް ޖަސްޓިސް (އައިސީއެފް) ހުށައަޅާފައިވާ މައްސަލައަށް އޮފަރ ކަސިފް ތާއީދުކޮށް ޕެޓިޝަންއެއްގައި ސޮއި ހޯދަމިން ދިޔަ ނަމަވެސް މި ޕެޓީޝަންއަށް އިޒްރޭލުން މާބޮޑު ތަރުހީބެއް ލިބިފައިނުވެއެވެ. ފަލަސްތީނުގެ ބިންތައް ފޭރިގެން އެ ބިމުގައި 9.5 މިލިޔަން މީހުން ވަނީ ވަޒަންވެރިވެފައިއެވެ. މީގެ ތެރެއިން މި ޕެޓިޝަނުގައި ސޮއި ކޮއްފައިވަނީ އެންމެ 400 މީހުންނެވެ.

އޮކްޓޯބަރ 7ގެ ހަމަލާ ތަކަށްފަހު އިޒްރޭލަށް އޮތް ނުރައްކަލެއްކަމަށް ބުނެ އޮފަރ ކަސިފް ވަނީ 45 ދުވަހަށް މަޖިލީސް ކުރާ ގެއިން ސަސްޕެންޓު ކޮއްފައިއެވެ. މީގެ އިތުރުން “ގައުމަށް” ގައްދާރު ވުމުގެ ތުހުމަތުގައި މަޖިލީސް މެންބަރު ކަމުން ވަކިކުރަން ވަނި މަސައްކަތް ކޮއްފައިއެވެ.

ލިބުނު ތާއީދު

އިޒްރޭލް ސަރުކާރުގެ އަމަލުތައް ކުއްވެރިކޮށް އެކަމަށް އަޑުއުފުލާ އިޒްރޭލުގެ ރައްޔިތުންގެ މެދުގައި އޮފަރ ކަސިފް މައްޝޫރު މީހެކެވެ. އަދި ފަލަސްތީނުގައިވެސް އޮފަރ ކަސިފްއަކީ ގިނަ މީހުން ގަބޫލުކުރާ މީހެކެވެ

ދެކުނު އެޕްރިކާއިން ހުށައެޅި ހުށައެޅުމަށް ތާއީދުކުރާކަން ހާމަކުރުމުން އެކި ގައުމުތަކުގެ އިޒްރޭލުގެ ނަސްލު ނައްތާލުމުގެ އަމަލުތައް ކުއްވެރިކުރާ ފަރާތްތަކުން ދަނީ އޭނާގެ ނިންމުމަށް މަރުހަބާ ކިޔާ ޝުކުރު އަދާކުރަމުންނެވެ.

7 އޮކްޓޯބަރ އިން ފެށިގެން އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަކަށް ޣައްޒާގެ 23,500 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮއްލައިފައިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-