-Advertisement-

-Advertisement-

‎ގާސިމްގެ ތައުރީފް ރައީސަށް

ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް ކުރެއްވި ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއް ކަމަށާއި އެވަރުގެ ދަތުރުފުޅެއް ރާއްޖޭގެ ވެރިއަކު މީގެކުރިންކުރައްވާފައި ނުވާ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ

ގާސިމްއެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ނުހަނު ކާމިޔާބު  ދަތުރުފުޅަށްފަހު މާލެ ވަޑައިގެންފައިވާތީ އެމަނިކުފާނާއި އަދި އަރިހުގައި ގެންދެވި ދިވެހި ވަފުދަށް ނުހަނު މަރުހަބާ އާއި ތަހްނިޔާ އަރިސް ކުރައްވާ ކަމަށެވެ.

ރާއްޖެ އިން ޗައިނާއަށް ދައްކަން ޖެހޭ ލޯނުތައް ދެއްކުމުގައި ކުރިއަށް އޮތް ފަސްއަހަރު ތެރޭގައި ބޮޑެތި ލުއިތަކެއް ހަމަޖެހިގެންދާނެކަމުގެ ހަބަރު ދެއްވީތީ އުފާކުރައްވާ ކަމުގައި ގާސިމް ގެ ޕޯސްޓްގައި ވެއެވެ.

މީގެ އިތުރުން އެޕޯސްޓުގައި ވިދާޅުވީ  ހިލޭ އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރު ލިބިގެން ދިޔައިރު އެތަކެއް ބިލިއަން ޑޮލަރުގެ ތަރައްގީގެ އެއްބަސްވުންތަކުގައިސޮއިކުރެވިގެން ގޮސްފައިވާކަމީ މިދަތުރުފުޅުގެ ސަބަބުން މި ގައުމަށް ލިބިގެން ދިޔަ ނުހަނު ބޮޑު ކުރިއެރުމެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-