-Advertisement-

-Advertisement-

މާލެ ސިޓީގެ މޭޔަރ އިންތިޚާބުކުރީ ވޯޓްލި އާބާދީގެ %13.9 މީހުން

ޖަނަވަރީ 14, 2022 - މާލޭގެ މޭޔަރަކު ހޮވުމަށް ބޭއްވި ބައި އިލެކްޝަންގެ ވޯޓު ލުމުގެ ތެރެއިން. ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މާލެސިޓީ ކައުންސިލުގެ ހުސްވެފައިވާ މަޤާމްތަކަށް މީހުން އިންތިޚާބު ކުރުމަށް ބޭއްވުނު ބައި އިލެކްޝަން އިއްޔެ ނިމިގެން ދިޔައިރު, ފެނިގެން ދިޔައީ ހައިރާން ކުރުވަނިވި ނަތީޖާއެކެވެ. ވޯޓްލާން ނުކުމެ ވޯޓް ލާފައިވަނީ ވޯޓް ލެވޭ އާބާދީގެ %31.8 މީހުންނެވެ.

54,680 މީހުންނަށް މާލެސިޓީގެ މޭޔަރަކު ކަނޑައެޅުމުގެ ޙައްޤު ލިބިފައިވާއިރު, އެޙައްޤު ބޭނުންކޮށްފައިވަނީ އެންމެ 17,410 މީހުންނެވެ. އޭގެ ތެރެއިންވެސް 402 ވޯޓަކީ ބާތިލް ވޯޓެވެ. ސައްޚަ ކަމަށް ކަނޑައަޅާފައިވަނީ 17,008 ވޯޓެވެ.

މާލެސިޓީ މޭޔަރަކަށް އިންތިޚާބުވި އެމްޑީޕީގެ ކެނޑިޑޭޓް އާދަމް އާޒިމް އަށް ލިބުނީ 7,621 ވޯޓެވެ. އަދި އެންމެ ގާތުން ވާދަކުރެއްވި ޕީއެންސީގެ ކެނޑިޑޭޓް އާޒިމާ ޝުކޫރަށް ލިބުނީ 5,031 ވޯޓެވެ.

 އާދަމް އާޒިމް މާލެސިޓީގެ މޭޔަރަކަށް އިންތިޚާބުކުރަން ތާއީދުކޮށްފައި މިވަނީ މާލެސިޓީގެ ވޯޓް ލެވޭ އާބާދީގެ އެންމެ %13.9 މީހުންނެވެ.

އެންމެ ފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެސިޓީ މޭޔަރަކަށް އިންތިޚާބުވި, ރައީސް ޑރ.  މުޙައްމަދު މުޢިއްޒަށް ލިބިވަޑައިގަތީ 12,470 ވޯޓެވެ. އަދި އެންމެ ގާތުން ވާދަކުރެއްވި އެމްޑީޕީ ކެންޑިޑޭޓް އަނަސް އަށް ލިބުނީ 7,436 ވޯޓެވެ.

ވޯޓް ލެވޭ އާބާދީގެ އެންމެ %31 މީހުން ވޯޓް ލާން ނުކުތުމަކީ ދައުލަތުން ސަމާލުކަން ދޭންވީ މައްސަލައެކެވެ. ހައްލު ހޯދުމަށް އަވަސްވާންވީ މައްސަލައެކެވެ. އެހެނީ ޑިމޮކްރަސީގެ އެންމެ މުހިއްމު އަސާސަކީ އެންމެންގެ ބައިވެރިވުން އޮންނަ ނިންމުންތައް ނިންމުމެވެ. ލައްކައަކަށްވުރެ ގިނަ މީހުން ދިރިއުޅޭ މާލެސިޓީގައި ވޯޓް ލެވެންވީ އެންމެ 54,680 މީހުންނަށް ހެއްޔެވެ? މޭޔަރަކު ހޮވެންޖެހޭނީ އެންމެ 7621 ވޯޓުން ހެއްޔެވެ?

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-