-Advertisement-

-Advertisement-

ސަރުކާރުގެ ޕްރޮޖެކްޓްތައް ހިންގުމަށް އާ ކުންފުންޏެއް އުފައްދަނީ

ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޡިމް-- ފޮޓޯ: ރައީސްއޮފީސް

ސަރުކާރުން ހިންގާ އިންފްރާސްޓްރަކްޗަރ ބޮޑެތި ޕްރޮޖެކްޓްތަކަށް ޚާއްސަކޮށްގެން އެމްޓީސީސީ ފަދަ، އެހެން އިތުރު ކުންފުންޏެއް ހެދުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

ކުރީ ސަރުކާރުން ފަށާފައިވާ ވަރަށް ގިނަ ޕްރޮޖެކްޓްތައް މިހާރު ހުރީ ހުއްޓިފައެވެ. އެމްޓީސީސީއަށް އެކަނި ކުރެވޭ ވަރަށް ވުރެ މިހާރު ޕްރޮޖެކްޓް ގިނަވެ، އެމްޓީސީސީ އަށް ވަރަށް ބުރަ ބޮޑު ވެފައިވާކަމަށް ރައީސް އޮފީހުގެ ފަރާތުން މަޢުލޫމާތު ދެއްވި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް ވިދާޅުވިއެވެ.

“މިހާރު އެމްޓީސީސީގަ ދިވެހި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ބައިވަރު މަސައްކަތްތައް، ސަތޭކަ އެތައް ޕްރޮޖެކްޓެއް ފުނިޖެހިފައި އޮތުމާއިއެކު، އެމްޓީސީސީގެ ކެޕޭސިޓީގައި އެހުރިހާ މަސައްކަތެއް ކުރުމުގެ ޤާބިލްކަން ނެތީމަ. ކޮންމެ ކުންފުންޏަކަށްވެސް ހެންޑްލް ކުރެވޭނީ ވަކި ވަރަކަށް ކަމަށްވާތީވެ،  ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި އެފަދަ ޒާތުގެ މަސައްކަތްތައް ކުރާ އިންފްރާސްޓްރަކްޗަރ ކުންފުންޏެއް ހެދުމުގެ މަސައްކަތް” ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް.

އެމްޓީސީސީ އަކީ ސަރުކާރުގެ އިންފްރާސްޓްރަކްޗަރ މަސައްކަތް ކުރާ އެންމެ ބޮޑު ކުންފުންޏެވެ. ނަމަވެސް އެމްޓީސީސީއާއި ހަވާލުވެފައިވާ މަސައްކަތްތަކުގެ އަދަދު ގިނަވުމުން ގިނަ މަސައްކަތްތައް ވަނީ އޭގެ އެންމެ އެކަށީގެންވާ ސްޕީޑްގައި ނުކުރެވިއެވެ. އަދި ގިނަ މަސައްކަތްތަކެއް އަދިވެސް ހުރީ ނުފެށިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-