-Advertisement-

-Advertisement-

‎ރާއްޖޭގައި އިންފުލުއެންޒާ ފެތުރެނީ

ފޮޓޯ: ރާއްޖެ އެމްވީ

ރާއްޖޭގައި އިންފުލުއެންޒާ ފެތުރެމުންދާ ކަމަށާއި، ތިން މީހަކަށް މި ވަގުތު އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށް އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީވިދާޅުވެއްޖެ އެވެ.

މުހައްމަދު އަލީ މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި

އެވެ. އެބޭފުޅާގެ ޕޯސްޓްގައި ވިދާޅުވީ ތިން ޒުވާނަކަށް އައިޖީއެމްއެޗުން ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދެމުން ދަނީ އިންފުލުއެންޒާގެ ނިއުމޯނިއާޖެހިގެން ކަމަށެވެ.

އިންފުލުއެންޒާގެ އެޗް1އެން1 ނުވަތަ ސްވައިން ފްލޫ ޖެހިފައިވާ މީހަކު މިދިޔަ މަސް ދުވަހުގެ ތެރޭގައި މަރުވެފައިވާ ކަމަށް ވެސް އޭނާގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.

އެޗްޕީއޭގެ ފަރާތުން މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވީ، އިންފުލުއެންޒާ ޖެހިފައި ހުރި މީހަކު މަރުވި ނަމަވެސް އޭނާ ސީދާ މަރުވި ސަބަބެއް އަދިދެނެނުގަނެވޭ ކަމަށެވެ.

މުހައްމަދު އަލީ ލިޔުއްވާފައިވާ ގޮތުގައި ބަލި ފެތުރެމުން އައި ނަމަވެސް ޕެންޑެމިކް ނުވަތަ ބަލިމަޑުކަމުގެ ހާލަތަކަށް ގޮސްދާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-