-Advertisement-

-Advertisement-

ޑްރަގް ބޭނުން ކުރާ މީހުނަށް ފަރުވާދޭ މަރުކަޒުތައް ހިންގަން އަމިއްލަ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

ފޮޓޯ: އެމްވީ ޕްލަސް

މަސްތުވާތަކެތި ބޭނުން ކުރާ މީހުނަށް ފަރުވާދޭ މަރުކަޒުތައް ހިންގަން އަމިއްލަ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ހޯމް ލޭންޑް މިނިސްޓްރީގެ ފަރާތުން ހުށަހެޅި ގޮތަށް އަމިއްލަ ފަރާތްތަކަށް ރިހެބިލިޓޭޝަން ސެންޓަރުތައް ހިންގުމުގެ ފުރުސަތު ހުޅުވާލައި އިއުލާނެއް ނެރިފައިވާއިރު އެ އިއުލާނުގައި ބުނެފައި ވަނީ “ނޭޝަނަލް ޑްރަގް އެޖެންސީގެ މަސްއޫލިއްޔަތު” ގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން، މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި އަމިއްލަ ފަރާތްތަކުގެ އެއްބާރުލުން ހޯދުމާއި، އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާދީ، އެ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން ހިމެނޭ ކަމަށެވެ.

އަދި މަސްތުވާތަކެތި ބެނުން ކުރާ މީހުންނަށް ފަރުވާދޭ މަރުކަޒުތައް އުފައްދައި ހިންގުމަށް ޝައުގުވެރިވާ އަމިއްލަ ފަރާތްތަކަށް އެ ފުރުސަތު ދިނުމުގެ އިޚްތިޔާރު ނޭޝަނަލް ޑްރަގް އެޖެންސީއަށް ލިބިގެންވާ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

މިމަރުކަޒުތައް އުފައްދައި ހިންގުމަށް ޝައުގުވެރިވާ އަމިއްލަ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމަށް ފުރުސަތު 21 ޖެނުއަރީގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-