-Advertisement-

-Advertisement-

މާލީ ހާލަތު ދަށްވެގެން ފެނަކައިން ޕްރޮޖެކްޓްތައް ދޫކޮށްލަނީ

ގދ.ގައްދޫ -- ފޮޓޯ: ސޯޝަލްމީޑިއާ

މާލީ ހާލަތު ތަންނުދޭތީ ފެނަކައިން ހަވާލުވެފައިވާ ޕްރޮޖެކްޓްތައް ދޫކޮށްލަން ފަށައިފިއެވެ.

ކުންފުނީގެ މާލީ ހާލަތު ތަންނުދޭތީ ގދ. ގައްދޫ ކައުންސިލްގެ އާ އިމާރާތް އެޅުމުގެ އެއްބަސްވުން ބާތިލްކޮށްދިނުމަށް އެދި ގައްދޫ ކައުންސިލަށް ފެނަކަ ކޯޕަރޭޝަން އިން އަންގާފައިވާކަމަށް ގައްދޫ ކައުންސިލުން ނިއުސްލެބަށް ވަނީ މަޢުލޫމާތު ދީފައެވެ.

ޖެނުއަރީ 9 ގައި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު ސޮއިކުރައްވައި، އެއްބަސްވުން ބާތިލްކޮށްދިނުމަށް އެދި ގައްދޫ ކައުންސިލަށް ސިޓީއެއް ފޮނުވާފައިވާކަން ގައްދޫ ކައުންސިލް ރައީސް މުޙައްމަދު އަހުމަދު ވަނީ ނިއުސްލެބަށް ކަށަވަރުކޮށްދެއްވާފައެވެ.

12.3 މިލިއަނުގެ ޕްރޮޖެކްޓެއް ފެނަކައިން ދޫކޮށްލަން ނިންމާފައިވާއިރު، ފެނަކަ ވަނީ ވަރަށް ބޮޑަށް ދަރަނިވެރިވެ، ހިންގުމަށް ދަތިވެފައި ކަމުގައި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ ވަނީ ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-