ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް (ޕީސީއޯއެސް) އަކީ ރާއްޖޭގެ ގިނަ އަންހެނުން ތަހަންމަލް ކުރަމުންދާ ކަމެކެވެ. ނަމަވެސް ގިނަ ބަޔަކަށް މިއީ ކޯއްޗެއް ކަން އަސްލު ނޭންގެ އެވެ. އެހެން ކަމުން މިއީ ކޯއްޗެއްތޯ ބަލައިލަމާ ހިންގާށެވެ.
ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް (ޕީސީއޯއެސް) އަކީ އާންމުކޮށް
އަންހެނުންގެ ކިބައިގައި މަދު މިންވަރަކަށް ހުންނަ ފިރިހެން ޖިންސީ ހޯރމޯން ކަމަށްވާ އެންޑްރޮޖެންސް އާދަޔާ ހިލާފު މިންވަރަކަށް ބިސް އުފައްދާ ހާލަތެކެވެ. ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް މި ނަމަކީ ބިސްގަނޑުގައި އުފެދޭ އެތައް ކުދި ސިސްޓް (ފްލޫއިޑް ފުރިފައިވާ ކޮތަޅު) ތަކެވެ. ނަމަވެސް މި ބަލި ހުންނަ ބައެއް އަންހެނުންނަށް ސިސްޓް ނުހުންނައިރު، މި ބަލި ނެތް ބައެއް އަންހެނުންނަށް ސިސްޓް އުފެދެއެވެ. އޯވިލޭޝަން އުފެދެނީ ބިސްގަނޑުން ފުރިހަމަ ބިސް ދޫވުމުންނެވެ. މިކަން ދިމާވަނީ ފިރިހެން ސްޕަރމް އިން ދަރިމައިވެވޭތީއެވެ.
ބިސް ދަރިމައިނުވެއްޖެނަމަ ޕީރިއަޑް ދުވަސްވަރު ހަށިގަނޑުން ބޭރަށް ފޮނުވާލައެވެ. ބައެއް ހާލަތްތަކުގައި އަންހެނަކު އޯވިލޭޓް ކުރުމަށް ބޭނުންވާ ހޯރމޯންތައް އެކަށީގެންވާ ވަރަށް ނުއުފެދެއެވެ. އޯވިލޭޝަން ނުހިނގާ ވަގުތު އޯވަރީގައި ކުދިކުދި ގިނަ ސިސްޓްތައް އުފެދިދާނެ އެވެ.
މި ސިސްޓްތަކުން އެންޑްރޮޖެންސް ކިޔާ ހޯރމޯންތައް އުފެދެއެވެ. ޕީސީއޯއެސް ޖެހިފައިވާ އަންހެނުންނަށް ގިނަ ފަހަރަށް އެންޑްރޮޖެންސްގެ މިންވަރު މަތިވެއެވެ. މިކަމުގެ ސަބަބުން އަންހެނެއްގެ މައްސަރު ކަންތައްތަކަށް އިތުރު މައްސަލަތަކެއް ކުރިމަތިވެދާނެއެވެ.
އަދި ޕީސީއޯއެސްގެ ގިނަ އަލާމާތްތައް ވެސް ކުރިމަތިވެދާނެ އެވެ. ޕީސީއޯއެސް އަށް ފަރުވާ ދިނުމަކީ ގިނަ ފަހަރަށް ބޭސް ބޭނުންކޮށްގެންނެވެ. މިއީ ޕީސީއޯއެސް އަށް ފަރުވާއެއް ނުލިބުނު ނަމަވެސް އަލާމާތްތައް މަދުކޮށް ސިއްހީ ބައެއް މައްސަލަތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެކެވެ.
ޕީސީއޯއެސް ޖެހެނީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟
ޕީސީއޯއެސް ޖެހުމަށް މެދުވެރިވާ ސީދާ ސަބަބެއް ސާފެއް ނުވެ އެވެ. ޕީސީއޯއެސް ޖެހިފައިވާ ގިނަ އަންހެނުންނަށް އިންސިއުލިން ރެސިސްޓެންސް ހުރެއެވެ. މާނައަކީ ހަށިގަނޑަށް އިންސިއުލިން ރަނގަޅަށް ބޭނުން ނުކުރެވޭނެއެވެ.
ހަށިގަނޑުގައި އިންސިއުލިންގެ މިންވަރު ގިނަވެ އެންޑްރޮޖެންގެ މިންވަރު މަތިވެދާނެ އެވެ. އަދި ފަލަވުމަކީ އިންސިއުލިންގެ މިންވަރު އިތުރުވެ، ޕީސީއޯއެސްގެ އަލާމާތްތައް އިތުރަށް ގޯސްވެދާނެ ކަމެކެވެ. ޕީސީއޯއެސް އާއިލާތަކުގައި ވެސް ހިނގާފާނެ އެވެ. އަންހެން ކޮއްކޮ ނުވަތަ މަންމަ އާއި އަންހެން ދަރިފުޅަށް ޕީސީއޯއެސް ޖެހުމަކީ އާންމު ކަމެކެވެ. ޕީސީއޯއެސް އަށް ކުރިމަތިވާ ނުރައްކާތަކަކީ ކޮބައިތޯ؟ މަންމަ ނުވަތަ ކޮއްކޮއަށް ޕީސީއޯއެސް ޖެހިފައިވާނަމަ ޕީސީއޯއެސް ޖެހުމުގެ ފުރުސަތު ބޮޑުވެދާނެއެވެ.
އަދި އިންސިއުލިން ރެސިސްޓެންސް ހުންނަނަމަ ނުވަތަ ފަލަ މީހެއްނަމަ ވެސް މިބަލި ޖެހުމުގެ ފުރުސަތު ބޮޑުވެދާނެ އެވެ.
ޕީސީއޯއެސްގެ އަލާމާތްތަކަކީ ކޮބައިތޯ؟
ޕީރިއަޑް ގެއްލި، ޕީރިއަޑް ގަވާއިދާ ހިލާފަށް، ނުވަތަ ވަރަށް ލުއި ޕީރިއަޑް އަދި މޭމައްޗާއި ބަނޑާއި ބުރަކަށީގައި ހިމެނޭ ހަށިގަނޑުގައި
އިސްތަށިގަނޑު އިތުރުވުން (ހިރްސުޓިޒަމް) ބަރުދަން އިތުރުވުން، ޚާއްޞަކޮށް ބަނޑުގެ ވަށައިގެން (ބަނޑު) ނުވަތަ ތެޔޮ ހަންގަޑުވުން، ބޮލުގައި ރިއްސުން ނުވަތަ އިސްތަށިގަނޑު ތުނިވުން ދަރިމައިނުވުން ކަރުގައި ނުވަތަ ކަކުލުގައި އިތުރު ހަމުގެ ކުދިކުދި ކޮތަޅުތައް (ހަމުގެ ޓެގް) ކަރުގެ ފަހަތު ފަރާތާއި، ކަކުލުގައި އަދި އުރަމަތީގެ ދަށުގައި ކަޅު ނުވަތަ ބޯ ހަމުގެ ކުލަތަކެއް ހުރެއެވެ.
ޕީސީއޯއެސް ފާހަގަކުރެވެނީ ކިހިނެއް ހެއްޔެވެ؟
ސިއްހީ ހިދުމަތްދޭ ފަރާތުން ތިބާގެ މެޑިކަލް ހިސްޓްރީއާއި ތިބާގެ އަލާމާތްތަކާ ބެހޭގޮތުން އަހާނެއެވެ. ޖިސްމާނީ އިމްތިޙާނެއްވެސް އޮންނާނެއެވެ. މީގެ ތެރޭގައި ޕެލްވިކް އިމްތިހާނެއް ވެސް ހިމެނޭނެ ކަމަށް ބެލެވެ އެވެ. މި އިމްތިޙާނުގައި ހަށިގަނޑުގެ އެތެރެއާއި ބޭރުގައި ހުންނަ ނަސްލީ ގުނަވަންތަކުގެ ސިއްޙަތު ޗެކްކުރެވެއެވެ.
ޕީސީއޯއެސް އަށް ފަރުވާ ދެނީ ކިހިނެއް ހެއްޔެވެ؟
ޕީސީއޯއެސް އަށް ފަރުވާ ދިނުން ބިނާވެފައިވަނީ ގިނަ ކަންތައްތަކެއްގެ މައްޗަށެވެ. އޭގެ ތެރޭގައި އުމުރާއި، އަލާމާތްތައް ކިހާ ސީރިއަސް ކަމާއި، ޖުމްލަ ސިއްހަތު ހިމެނިދާނެއެވެ. އަދި ކުރިއަށް އޮތްތަނުގައި ބަލިވެ އިނދެ ބޭނުންތޯ ބެލުމަށް ވެސް ފަރުވާގެ ބާވަތް ބިނާވެފައި އޮވެދާނެ އެވެ.
ބަލިވެ އިނުމަށް ރާވާފައިވާނަމަ ދެވިދާނެ ފަރުވާ:
ކެއުމާއި ހަރަކާތަށް އަންނަ ބަދަލެކެވެ. ދުޅަހެޔޮ ކާނާ ކެއުމާއި އިތުރު ޖިސްމާނީ ހަރަކާތްތެރިކަމަކީ ބަރުދަން ލުއިކޮށް، އަލާމާތްތައް ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. އަދި ހަށިގަނޑުގައި އިންސިއުލިން ރަނގަޅަށް ބޭނުންކުރުމަށް އެހީތެރިވެދީ، ލޭގައި ގްލޫކޯޒްގެ މިންވަރު ދަށްކޮށްދީ، އޯވިލޭޓް ކުރުމަށް އެހީތެރިވެދެވިދާނެ އެވެ.
އޯވިލޭޝަން މެދުވެރިވާ ބޭސްތައް. ބޭސްތަކުގެ އެހީގައި ބިސް އާންމުކޮށް ބިސް ދޫކުރުމަށް އެހީތެރިވެދެއެވެ. މި ބޭސްތަކުގެ ސަބަބުން ވެސް ވަކި ނުރައްކާތަކެއް ހުރެއެވެ. އެއީ ގިނަ ފަހަރަށް ވިހެއުމުގެ ފުރުސަތު (ޓްވިންސް ނުވަތަ އެއަށްވުރެ ގިނަ) އިތުރުކޮށްދޭ އެއްޗެހިތަކެކެވެ. އަދި އެއީ އޯވަރީ ހައިޕަރސްޓިމިއުލޭޝަން އަށް މެދުވެރިވާ ސަބަބުތަކެކެވެ. މިއީ އޯވަރީން މާގިނައިން ހޯރމޯންތައް ދޫކުރާ ވަގުތެވެ. އެއީ ބަނޑުގައި ރިއްސުމާއި ފަލަމަސްގަނޑުގައި ރިއްސުން ފަދަ އަލާމާތްތައް ފެނިދާނެ ކަމެކެވެ.
ބަލިވެ އިނުމަށް ރާވާފައި ނުވާނަމަ ދެވިދާނެ ފަރުވާ،
ބާރތް ކޮންޓްރޯލް ގިތެޔޮ. މިއީ މައްސަރު ކަންތައް ކޮންޓްރޯލްކޮށް، އެންޑްރޮޖެންގެ މިންވަރު ދަށްކޮށްދެއެވެ.
ހަކުރުބަލީގެ ބޭސް. މިއީ ގިނަ ފަހަރަށް ޕީސީއޯއެސް ގައި އިންސިއުލިން ރެސިސްޓެންސް ދަށްކުރުމަށް ބޭނުންކުރާ އެއްޗެކެވެ. އަދި އެންޑްރޮޖެންގެ މިންވަރު ދަށްކޮށްދީ، އިސްތަށިގަނޑު ބޮޑުވުން ލަސްކޮށްދީ، ގަވާއިދުން އޯވިލޭޓް ކުރުމަށް އެހީތެރިވެދެވިދާނެ އެވެ.
ކެއުމާއި ހަރަކާތަށް އަންނަ ބަދަލެކެވެ. ދުޅަހެޔޮ ކާނާ ކެއުމާއި އިތުރު ޖިސްމާނީ ހަރަކާތްތެރިކަމަކީ ބަރުދަން ލުއިކޮށް، އަލާމާތްތައް ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. އަދި ހަށިގަނޑުގައި އިންސިއުލިން ރަނގަޅަށް ބޭނުންކުރުމަށް އެހީތެރިވެދީ، ލޭގައި ގްލޫކޯޒްގެ މިންވަރު ދަށްކޮށްދީ، އޯވިލޭޓް ކުރުމަށް އެހީތެރިވެދެވިދާނެ އެވެ