-Advertisement-

-Advertisement-

ހަތް އަހަރު ފަހުން ސަބްދެލި މަގު ހުޅުވައިފި

ސަބްދެލި މަގު. ފޮޓޯ:ނޫން އެމްވީ

ހަތް އަހަރު ފަހުން ހިރިޔާ ސްކޫލުގެ އުތުރުން އޮންނަ ސަބްދެލި މަގު ހުޅުވައިފިއެވެ.

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވަނީ، ބޮޑުތަކުރުފާނު މަގާއި ކަނބާ އައިސަ ރަނި ހިނގުމާއި ދެމެދު އޮތް ސަބްދެލި މަގު މިހާރު ހުޅުވާފައިވާ ކަމަށެވެ.

އެ މަގު ހުޅުވާފައި ވަނީ އެތަނުގައި ހުރި ތަކެތި ނަގައި، އަލުން ގާ އެތުރުމަށްފަހުއެވެ. އެ މަސައްކަތް ކޮށްފައި ވަނީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އާއި އާރްޑީސީ ގުޅިގެންނެވެ.

ސަބްދެލި މަގު ބަންދު ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގައިއެވެ. އެއިރު އެ މަގު ބަންދު ކުރީ އެތަނުގައި ރިސޯޓް ކޮންސެޕްޓަށް ތަރައްގީ ކުރަން އުޅުނު މަތީ ފެންވަރުގެ ލަގްޒަރީ އެޕާޓްމަންޓްތަކުގެ މަޝްރޫއުގެ މަސައްކަތް ފެށުމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-