-Advertisement-

-Advertisement-

ދިގުރަށުގެ ކުނި ގޮނޑުން ފެނުނު ކުއްޖާގެ މައްސަލައިގައި މަންމަގެ މައްޗަށް ދައުވާ އުފުލައިފި

އދ.ދިގުރަށް- ފޮޓޯ: ސަން އޮންލައިން

އދ. ދިގުރަށުގެ ކުނި ގޮނޑުން މަރުވެފައިވާ ކުޑަކުއްޖަކު ފެނުނު މައްސަލައިގައި ދައުވާ އުފުލައިފިއެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ މިދިޔަ މަހުގެ ތިން ވަނަ ދުވަހުގެ ހެނދުނު 9:28 ހާއިރު އދ. ދިގުރަށުގެ ކުނި ގޮނޑުން މަރުވެފައި އޮތް ކުއްޖަކު ފެނިފައިވާ މައްސަލައިގައި ސްރީލަންކާ ރައްޔިތެއްކަމަށްވާ ހިރަންޏާ ކުމުދުމާލި ޑި އަލްވިސްގެ މައްޗަށް ތިން ދައުވާއެއް ކުރަން ނިންމާފައިވާ ކަމަށާއި އެ 3 ދައުވާއަކީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެ ހުރެ، އެ ކުއްޖާގެ ސިއްހަތަށް އުނިކަން އަތުވެދާނެ ފަދަ އަމަލެއް ގަސްދުގައި ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން އެނގިހުރެ މަރެއް ފޮރުވުމުގެ ކުށުގެ ދައުވާއެވެ.

މި ދައުވާތަކާއި ގުޅިގެން ޕީޖީ އޮފީހުން މައުލޫމާތު ލިބިފައިވާ ގޮތުގައި ހިރަންޏާ ކުމުދުމާލި ޑި އަލްވިސް، ބަލިވެ އިންކަން ސިއްރުކޮށްގެން އުޅެ، މިދިޔަ މަހުގެ 01 ވަނަ ދުވަހުގެ ރޭ 22:00 އާއި މިދިޔަ މަހުގެ ތިން ވަނަ ދުވަހުގެ 5:00 އާ ދެމެދުގެ ވަގުތެއްގައި އދ. ދިގުރަށު ގެއެއްގެ ކޮޓަރިއެއްގައި ހުރި ފާހާނައިގެ ފާހާނާތަށި ތެރެއަށް ކުއްޖާ ވިހެއުމަށްފަހު، ފާހާނާތަށި ތެރެއިން ކުއްޖާ ނަގައި, ކޮތަޅުތަކަކަށް ލައިގެން ގެންގޮސް، މިދިޔަ މަހުގެ 3 ވަނަ ދުވަހުގެ 05:31 އެހާކަށްހައިއިރު، އދ.ދިގުރަށުގައި ހުރި ކުނިވާ ބާވަތުގެ ކުނި އެޅުމަށް ހާއްސަ ކޮށްފައިވާ ފެހި ޑަސްބިނަށް ކުއްޖާގެ ހަށިގަނޑު އެއްލާލައި، ކުއްޖާގެ ފުރާނައަށް ގެއްލުންވާނެހެން ކުއްޖާއާމެދު އަމަލުކޮށް ކުއްޖާ މަރާލާފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް ދެވަނަ ދައުވާ އާއި ތިންވަނަ ދައުވާ އުފުލާފައިވަނީ ހިރަންޏާ ކުމުދުމާލި ޑި އަލްވިސް، ބަލިވެއިނީއްސުރެ، ކުއްޖާގެ ސިއްހަތު ސަލާމަތުން ބެހެއްޓުމުގެ ގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިނުވާތީ އާއި އެފަދަ ފިޔަވަޅެއް އެޅުމުގެ ބަދަލުގައި ބަލިވެއިންކަން ސިއްރުކޮށް، ވިހަން އުޅޭކަން އެނގުމުން ހޮސްޕިޓަލަށް ނުގޮސް، ވިހެއުމަށް ސިއްހީ ފަރުވާ ލިބޭ ތަނަކަށް ދިއުމުގެ މަގު ފަހިވެފައިވަނިކޮށް އެ ފުރުސަތުގެ ބޭނުން ނުކޮށް، އދ.ދިގުރަށު ގެއެއްގެ ކޮޓަރިއެއްގައި ހުންނަ ފާހާނާގައި ހުރި ފާހާނާތަށި ތެރެއަށް ކުއްޖާ ވިހައި، ކޮތަޅުތަކަކަށް ލައިގެން ގެންގޮސް، ދިގުރަށު ކުނިވާ ބާވަތުގެ ކުނި އެޅުމަށް ހާއްސަ ކޮށްފައިވާ ފެހި ޑަސްބިނަށް އެއްލާލައި ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެހުރެ، އެކުއްޖާގެ ޞިއްޙަތާއި، ރައްކާތެރިކަމާއި، މަޞްލަޙަތަށް އުނިކަން އަންނާނެ ޢަމަލުތައް ޤަޞްދުގައި ހިންގައިފައިވާތީ އާއި ކުއްޖާ މަރުވިކަން އެނގިހުރެ އެކަން ފޮރުވާފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-