-Advertisement-

-Advertisement-

މާލެސިޓީގެ “ސިސްޓާ ސިޓީ” އަކަށް ޗައިނާގެ ފޫޖޯ ސިޓީ

މާލެސިޓީ ކައުންސިލާއި ހަވާލުވެގެން ހުންނެވި ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް -- ފޮޓޯ: މާލެސިޓީ ކައުންސިލް

“ސިސްޓާ ސިޓީ” އެއްގެ ގުޅުން ޤާއިމް ކުރުމަށް ޗައިނާގެ ފޫޖޯ ސިޓީއާއި މާލެސިޓީއާއި ދެމެދު އެއްބަސްވެވި އެކަމުގެ މަސައްކަތް ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި، ޗައިނާގެ ފޫޖޯ ސިޓީ އާއި މާލެއާ ދެމެދު ސިސްޓާ ސިޓީ އެއްބަސްވުމެއް ގާއިމް ކުރުމަށް ކުރެވުނު މަޝްވަރާތަކަށްފަހު އެކަމުގެ އިތުރު މަސައްކަތްތައް މާލެސިޓީ ކައުންސިލުން ވަނީ ފަށާފައެވެ. މިގޮތުން ދެ ސިޓީ ގުޅިގެން އެކި ދާއިރާތަކުން މަސައްކަތް ކުރުމަށް ލެޓާ އޮފް އިންޓެންޓުގައި މާލޭގެ އެކްޓިން މޭޔަރު އަހުމަދު ނަރީޝް ވަނީ މިއަދު ސޮއިކުރައްވާފަ އެވެ.

ފޫޖޯ ސިޓީއާއި މާލެސިޓީއާއި ދެމެދު ގުޅުންބަދަހިކުރަން މަޝްވަރާކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި އިގްތިސޯދު، ސައިންސާއި ޓެކްނޮލަޖީ، ސަގާފަތް، ތައުލީމް، އާންމު ސިއްހަތު، ކުޅިވަރު އަދި ފަތުރުވެރިކަން ހިމެނެއެވެ.

މާލެސިޓީއިން ދަނީ މީގެ ކުރިންވެސް ޗައިނާގެ ދެ ސިޓީއަކާއި އެކު ސިސްޓާ ސިޓީގެ ބާއްވަމުންނެވެ. އެއީ 2016 ގައި ސޮއިކުރި ޝޫޒޯ ސިޓީއާއި ގުއަންޒައު ސިޓީއެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-