-Advertisement-

-Advertisement-

އާބަންކޯގެ ނަން އަލުން އެޗްޑީސީ އަށް

ފޮޓޯ: އެޗް.ޑި.ސީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ބްރޭންޑް ނަމެއްގެ ގޮތުގައި “އާބަންކޯ” ކިޔުން ހުއްޓާލައި އެ ކުންފުނީގެ ނަމުގައި ގޮތުގައި އަނެއްކާވެސް އެޗްޑީސީ ބޭނުންކުރަން ފަށައިފި އެވެ

ނަން ބަދަލު ކުރި ކަން އިއުލާން ކުރީ އެކަމަށްޓަކައި މިއަދު އެޗްޑީސީގައި ބޭއްވި ހާއްސަ ރަސްމީޔާތެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އެވެ.

މާލޭގެ މޭޔަރު ހޮވުމަށް ބޭއްވި ބައި-އިލެކްޝަންގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުމާލެއަށް ވަޑައިގެން އެޗްޑީސީއަށް އާބަންކޯ ކިޔާފައިވަނީ ނަމެއްގައި ކަމަށް ވިދާޅުވި އެވެ.

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އަމާޒުކޮށްގެން އެޗްޑީސީ އެންމެ ފުރަތަމަ އުފައްދާފައިވަނީ 2001 ވަނަ އަހަރު ރައީސް އޮފީހުން ހިންގާ ވަކި ޔުނިޓެއްގެ ގޮތުގައެވެ. އޭގެފަހުން އެޗްޑީސީގެ ނަން ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ނަމަށް ބަދަލުކޮށް އޭގެފަހުން ކުންފުނީގެ މެންޑޭޓް ފުޅާކޮށް އަދި ހުޅުމާލޭގެ އިތުރުން ތިލަފުށި، ގުޅިފަޅު، ކުޑަގިރި ވެސް އެޗްޑީސީއަށް ބަދަލުކޮށް އެކުންފުނީގެ ނަން ހައުސިން ޑިވެޕްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ބަދަލުކުރި އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-