-Advertisement-

-Advertisement-

ސިފައިން ބޭލުމުގެ މަޝްވަރާ ކުރިކަމަށް އިންޑިއާއިން އެއްބަސްނުވޭ

ޚާރިޖީ ވަޒީރު މޫސާ ޒިމީރު -- ފޮޓޯ: ފޮރިން މިނިސްޓްރީ

ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމުގެ މަޝްވަރާކުރެވި ތާރީޚް ކަނޑައެޅިފައިވާ ކަމަށް ދިވެހި ސަރުކާރުން ބުނެފައިވަނިކޮށް އިންޑިއާ ސަރުކާރުން، އެފަދަ މަޝްވަރާއެއް ނުކުރާކަން ދޭހަވާފަދަ ގޮތަކަށް ބަޔާނެއް ނެރެފިއެވެ.

ދިވެހި ސަރުކާރެކޭ އެއްފަދައިން އިންޑިއާއިންވެސް ވަނީ މިމަހު 14 ގައި ބޭއްވުނު ދެޤައުމުގެ އިސްވެރިންގެ މަޝްވަރާތަކަށްފަހު ނޫސްބަޔާނެއް ނެރެފައެވެ. އިންޑިއާއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު މަޝްވަރާކުރެވުނީ އިންޑިއާގެ އޭވިއޭޝަން ޕްލެޓްފޯމުތަކުން ރާއްޖޭގައި ދެމުންދާ އިންސާނީ އެހީގެ ހިދުމަތް ދެ ގައުމުން އެއްބަސްވެވޭ ގޮތެއްގެ މަތިން ކުރިއަށް ގެންދަން ކަމަށެވެ.

އިންޑިއާގެ އެކްސްޓަރނަލް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ދިވެހިރާއްޖެއިން ސިފައިން އަނބުރާ ގެންދާ ވާހަކަ ނެތުމުން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެމުން އެކްސްޓާނަލް މިނިސްޓްރީގެ ތަރުޖަމާނު، ރަންދިރު ޖައިސްވަލް ވިދާޅުވީ ބައްދަލުވުންތަކުގައި މަޝްވަރާކުރެވުނު ކަންތައްތައް ނޫސްބަޔާނުގައި ބަޔާންކޮށްފައިވާނެކަމަށެވެ.

ދިވެހި ސަރުކާރުގެ ފަރާތުން ވާހަކަދެއްކެވި ރައީސް އޮފީހުގެ ޕޮލިސީ ޑިރެކްޓަރު، އަބްދުﷲ ނާޒިމް ވިދާޅުވީ ދިވެހި ސަރުކާރުން އެދުނީ މާޗް 15 ގެ ކުރިން އިންޑިއާ ސިފައިން ރާއްޖެއިން އަނބުރާ ގެންދިޔުމަށް ކަމަށާއި ބައްދަލުވުމުގައި މިކަމުގެ މަޝްވަރާކުރެވުނު ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-