އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ވެރިފަރާތްތައް ހޯދަން އިއުލާންކޮށްފިއެވެ.
މިގޮތުން ވެރިން ކަށަވަރުކުރަން ބޭނުންވާ ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ.
ތަކެތީގެ ވެރިފަރާތް ސުވާލުވެވުނު މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިކަމަށް ފުލުހުން ބުނެއެވެ.
އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:
ޑިސެމްބަރު 23 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު، ވަދުފޮށި ފިހާރަ ކައިރިން ހޮވައިގެން ގެނެސްފައިވާ ވައު ރޯލަކާއި، ޑިސެމްބަރު 31 ވަނަ ދުވަހު އަސަރީ ހިނގުމުން ހޮވައިގެން ގެނެސްފައިވާ ތިން ގޭސްފުޅިއާއި ޖަނަވަރީ 17 ވަނަ ދުވަހު އޯކިޑުމަގު، ބީއެމްއެލް އޭޓީއެމް ކައިރިން ހޮވައިގެން ގެނެސްފައިވާ 500 ރުފިޔާއެވެ.
މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރައްވައި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ފުލުހުން އެދެއެވެ.