-Advertisement-

-Advertisement-

ވިލިނގިލިން ގެނައި ކުއްޖާ ނިޔާވި ވިލިނގިލި މައްސަލަ މަޖިލީހުން ބަލަނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރާ. ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ގއ. ވިލިނގިލިން ހާލު ދެރަވެގެން މާލެ ގެނައި 13 އަހަރުގެ ކުއްޖާ ނިޔާވި މައްސަލައާ ގުޅޭގޮތުން މަޝްވަރާ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ ބައްދަލުވުމެއް ބާއްވަން ތާވަލު ކޮށްފިއެވެ.

ވިލިނގިލީ ހޮސްޕިޓަލަށް ގެންދިއުމުން މިދިޔަ ބުދަ ދުވަހުގެރޭ ޑޮކްޓަރުންގެ ލަފާގެ މަތިން އެ ކުއްޖާ ވެންޓިލޭޓަރަށް ލައިފައި ވާއިރު، އެ ކުއްޖާ މާލެ ގެނެވޭ ވަރުވީ ބުރާސްފަތި ދުވަހު އިރުއޮއްސެނިކޮށެވެ

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ މާލެ ގެނެވުން އިރު އެކުއްޖާގެ ސިކުނޑި އޮތީ މަރުވެފައިއެވެ.

އާއިލާގެ ޝަކުވާއަކީ އެކުއްޖާ މާލެ ގެނައުން ލަސްކުރުމެވެ.

މަޖިލީސް އިދާރާގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ފަރުވާ ހޯދުމަށް  މާލެ އަށް ގެނައުން ލަސްވި ކުއްޖާ ނިޔާވި މައްސަލައާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ހިއުމަން ރައިޓްސް ކޮމިޝަންގެ ބައްދަލުވުމެއް މިއަދު މެންދުރު 12:00ގައި އޮންނާނެއެވެ..

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-