މާލޭގެ މަގުމަތީގައި އުޅޭ ބުޅާތައް ބަލަހައްޓަން ފަރުކޮޅުފުށީގައި ޕެޓް ކެއާ ފެސިލިޓީއެއް ގާއިމުކުރަން ނިންމާފައިފިއެވެ.
ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ ބުޅާ ބަލަހައްޓާނެ ފެސިލިޓީ ގާއިމް ކުރުމަށް ސަރުކާރުން ނިންމާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއްގެ ގޮތުގައި މިހާރު އޮންނަ ފަރުކޮޅުފުށީގައި ކަމަށެވެ.
މީގެ އިތުރުން ނާޒިމް ވިދާޅުވީ މިކަމަށްޓަކައި ފަރުކޮޅުފުށިން ބިން ވެސް މިހާރު ހަމަޖެހިފައިވާ ކަމަށާއި އެ ފެސިލިޓީ ގާއިމުކޮށް ހިންގާނީ މާލެ ސިޓީ ކައުންސިލާއި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީއާ ދެމެދު ސޮއި ކުރާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.