މަކާއި ހީލަތުގެ މައްސަލައިގައި ދެމީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
މަކާރައި ހީލަތުގެ މައްސަލައިގައި ހޯދުމަށް އިއުލާން ކޮށްފައިވަނީ ޅ. ނައިފަރު / ސައިމާގެ، އުމުރުން 31 އަހަރުގެ މަރިޔަމް ސައީދާ އާއި މ. މުލި / ނައިޓްރޯސް، އިސްމާއީލް ހަމީދު (37އ) އެވެ.
އެ ދެމީހުން ހޯދަނީ ހުޅުމާލެ ފޭސް 02 ޕޮލިސްގެ އިންވެސްޓިގޭޝަންގެ ފަރާތުން ތަހުގީގުކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީއެވެ. އަދި ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް މަރިޔަމް ސައީދާ އާއި އިސްމާއީލް އަހުމަދުއަށް ވަނީ އަންގާފައެވެ.
ޖެނުއަރީ 27 ވަނަ ދުވަހު ހެނދުނު 10:00 އަށް ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް މި ދެ މީހުންނަށް ވަނީ އަންގައިފައެވެ.