-Advertisement-

-Advertisement-

ފުނަދޫގެ ފިއުލް ސްޓޯރޭޖު މާގިރިފަޅަށް ބަދަލުކުރަން ނިންމައިފި

ފޮޓޯ؛ އަވަސް އެމްވީ

މާލެ އާއި ހުޅުމާލެ ދެމެދުގައި އޮންނަ ފުނަދޫގައި ހުރި ފިއުލް ސްޓޯރޭޖު ކ. މާގިރިފަޅަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުالله ނާޒިމް ވިދާޅުވީ ފުނަދޫގައި ހުރި ފިއުލް ސްޓޯރޭޖު މާގިރިފަޅަށް ބަދަލު ކުރުމުގެ މަސައްކަތް އެސްޓީއޯގެ ފަރާތުން ފެށުމަށް އިކޮނޮމިކް ކައުންސިލުން ނިންމައިފައިވާ ކަމަށެވެ.

މިބަދަލަކީ އެއާޕޯޓް ވެސް ހިމެނޭ ގޮތަށް މުޅި މާލެ ސަރަހައްދަށް ގެންނަ ބޮޑު ބަދަލެއްގެ ތެރޭއިން ހިމެނޭ ކަމެކެވެ.

މިކަމާއި ގުޅިގެން ރައީސް ޑރ.މުއިއްޒު ވިދާޅުވީ ފުނަދޫގައި ހުރި ފިއުލް ސްޓޯރޭޖު ނެގުމަށްފަހު، ސްޕެޝަލް އިކޮނޮމިކް ޒޯނަކަށް އެތަން ހަދައި، ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރެއް އެ ރަށުގައި ގާއިމުކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން ފުނަދޫ ބަދަލު ކުރުމުގެ މަސައްކަތް މިހާރު ވެސް ފަށާފައިވާ ކަމަށާއި ފައިނޭންޝަލް ސެންޓަރު ހެދުމަށް ބޭނުންވާ ކުންފުނި ހެދުމުގެ މަޝްވަރާ ކެބިނެޓުގައި ކުރައްވާނެ ކަމަށް ރައީސް މީގެ ކުރިން ވިދާޅުވެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-