ބޮމެއް އޮތް ކަމަށް ބުނެ ބިރުދެއްކި މީހަކު ހަނިމާދޫ އެއާޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ދިވެހި ފިރިހެނެކެވެ.
އިތުރު މައުލޫމާތެއް މިކަމުގައި ދީފައިނުވާއިރު ފުލުހުން ބުނީ މި މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މީގެ ކުރިން ވެސް އެއާޕޯޓްތަކުން ވަނީ މިފަދަ މައްސަލަތަކުގައި މީހުން ހިފަހައްޓައި ތަހުގީގުކޮށްފަ އެވެ. އެކަމަކު މީގެ މައްސަލައެއްގައި މިހާތަނަށް މީހަކަށް ދައުވާކުރި ކަމެއް އެނގިފައެއް ނެތެވެ.