ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއި ލޯނު ހަމަޖެއްސުމަށްޓަކައި އުފައްދާފައިވާ ކުންފުނި، ސްމޯލް އެންޑް މީޑިއަމް ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައިޝަތު ފިފްޝީން އަލީ އައްޔަންކޮށްފި އެވެ. ފިފްޝީން އެމްޑީއަކަށް އައްޔަނުކޮށްފައިވާއިރު މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އެސްޑީއެފްސީއަށް ޑީއެމްޑީއެއްވެސް އައްޔަންކޮށްފައިވެއެވެ. އެއީ މީޒާއެވެ.
ފިފްޝީން 2023 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސް އިން ބޭންކިން ދާއިރާ އަދި ފިނޭންސް ދާއިރާގެ ކެރިއަރު ފެއްޓަވާފައިވާއިރު ގައުމީ ބޭންކުގައި އެބޭފުޅާވަނީ ހެޑް އޮފް ޗެނަލް މެނޭޖުމަންޓާއި ހެޑު އޮފް އެކުއަރިން އެންޑް ޑިޖިޓަލް ޕޭމަންޓު ފަދަ އިސް މަގާމުތައް ފުރުއްވައިފަ އެވެ.
އޮސްޓްރޭލިއާގެ ކާޓީން ޔުނިވާސިޓީން ބަޗެލާސް އޮފް ކޮމާސް ހާސިލްކުރައްވައި އަދި އޮސްޓްރޭލިއާގެ އެޑިތު ކޮވަން ޔުނިވާސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް އިންޓަނޭޝަނަލް ބިޒްނަސް ހާސިލްކުރައްވާއިފައިވެއެވެ.
އޭނާ ވަނީ އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓާޑް ބޭންކާސްއިން ޕްރޮފެޝަނަލް ބޭންކަރެއްގެ ގޮތުގައި ތަމްރީން ހޯއްދަވައިފަ އެވެ. އަދި މެލޭޝިޔާއިން ވެސް ޗާޓާޑް ބޭންކާއެއްގެ ކޮލިފިކޭޝަން ހޯއްދަވައިފަ އެވެ.