-Advertisement-

-Advertisement-

ރޯދައިގެ ފަހުން ހަތަރު ބުރީގެ ޒަމާނީ މާރުކޭޓް އަޅަން ފަށަނީ

ފޮޓޯ؛ ޕީއެސްއެމް ނިއުސް

މިހާރު މާލޭގައި މަސް މާރުކޭޓް ހިންގަމުންދާ އިމާރާތް ތަޅާލުމަށްފަހު، މިހާރު ލޯކަލް މާރުކޭޓް ހިންގާ ތަނުގައި 4 ބުރީގެ ޒަމާނީ މާރުކޭޓެއް އަޅަން މިހާރު ތައްޔާރުވެފައިވާ ކަމަށާއި، އެ މަސައްކަތް ރޯދަ މަހަށްފަހު ފެށިގެން ދާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ

ރައީސް މިހެންވިދާޅުވީ މާލޭ މޭޔަރު، އަދި ކައުންސިލަރުން ހުވާ ކުރެއްވުމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. .

އެމަނިކުފާނު މާލޭގެ މޭޔަރު ކަމުގައި ހުންނެވިއިރު ކުރަންއުޅެ، ނުކުރެވުނު ކަންތައްތަކުގެ ތެރޭގައި ހިމެނޭ މަސައްކަތްތަކުގެ ތެރޭގައި މަސް މާރުކޭޓް އެޅުން ހިމެނޭ ކަމަށާއި އެކަން އޭރު ނުވީ ސަރުކާރުން ފުރުސަތު ނުދެއްވުމުންކަމަށެވެ..

އެމަނިކުފާނު ވިދާޅުވީ، ރޯދަމަސް ހަމަ ނިމޭތަނުން، ލޯކަލް މާރުކޭޓް އެހުރި ތަނުގައި އަމަލީގޮތުން އެ އިމާރާތް އަޅަން ފެށޭނެ ކަމަށެވެ.

މިކަމާއި ބެހޭ ގޮތުން އިތުރު މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ މިއިމާރާތް އެޅިގެންދަނީ އެންމެ ޒަމާނީކޮށް ކަމަށެވެ.

  • ބިމުއަޑީގައި ޕާކިން
  • ގްރައުންޓް ފްލޯގައި މަސްމާރުކޭޓު
  • ފުރަތަމަ އަދި ދެވަނަ ފްލޯގައި ފްރެޝް ފުރޓް އަދި ލުއިކާނާ ( ލޯކަލް މާރުކޭޓުގައި ވިއްކާ ތެކެތި)
  • މަތީގައި އެކިކަހަލަ ވިޔަފާރި ތަކާއި ރެސްޓޯރެންޓުތައް.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-