ވިލިމާލޭގައި 500 ހައުސިން ޔުނިޓް ގާއިމު ކުރުމުގެ މަސައްކަތް އޭޕްރިލް މަސް ތެރޭގައި ފެށިގެން ދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ
ރައީސް މިހެންވިދާޅުވީ މާލޭ މޭޔަރު، އަދި ކައުންސިލަރުން ހުވާ ކުރެއްވުމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ..
މީގެއިތުރުން ރައީސް ވިދާޅުވީ، ވިލިމާލޭގައި އެންމެ ބޮޑު މައްސަލައަކީ ހައުސިންގ އަށްވާތީ، ވިލިމާލޭގައި 500 ހައުސިންގ ޔުނިޓް ގާއިމު ކުރުމުގެ މަސައްކަތް މީގެ ކުރިން އެމަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވިއިރު ކުރެއްވި ކަމަށެވެ. އެހެން ނަމަވެސް، އޭރުގެ ސަރުކާރުން ހުއްދަ ނުދެއްވި ކަމަށެވެ.
މި މަސައްކަތް ފެށިގެންދާނީ މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ކަމަށާއި މިމަސައްކަތް މި ފަސް އަހަރު ދުވަހުގެ ތެރޭގައި ނިންމާލައްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ