-Advertisement-

-Advertisement-

ވޯޓުލުން ހެނދުނު 09:00 އިން ހަވީރު 17:00 އަށް ބާއްވަން ކޮމިޓީން ލަފާދީފި

މި އަހަރުގެ މާޗު 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން އެ ދުވަހުގެ ހެނދުނު 09:00 އިން ހަވީރު 17:00 އަށް އަށް ކުރިއަށް ގެންދަން އެ އިންތިހާބާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނަށް ލަފާދޭ ގައުމީ ލަފާދޭ ކޮމިޓީން މިއަދު ހުށަހަޅައިފި އެވެ.

އިދާރީ އަދި ގާނޫނީ ހުރަސްތަކެއް ހުރުމުގެ ސަބަބުން މި ފަހަރުގެ މަޖިލިސް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ ރޯދަ މަހުގެ ދެ ވަނަ ހަފުތާގަ އެވެ. އެހެންކަމުން ލަފާދޭ ކޮމިޓީގެ މިއަދު ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ކޮމިޓީގެ މެންބަރުންނަށް ފެންނަ ވަގުތެއް ހުށަހަޅަން އެދިފަ އެވެ.

އެ ފުރުސަތުގައި ހުރިހާ ސިޔާސީ ޕާޓީއަކުންނާއި މުއައްސަސާތަކުން ވެސް ބުނީ ވޯޓުލުން ބާއްވަން ފެންނަނީ އެ ދުވަހުގެ ހެނދުނު 9 އިން ހަވީރު 5 ޖަހަންދެން ކަމަށެވެ.

ކޮމިޓީގެ މެންބަރުން ރޯދަ ވީއްލަން ގެއަށް ދެވޭހާ ވަގުތު ދީގެން، ވޯޓު ލާ ނިމޭ ގަޑި ކަނޑައަޅަން ޖެހޭ ކަން ފާހަގަކުރައްވާފައިވާއިރު، ފުލުހުން ވެސް ވަނީ ރޯދަ ވީއްލާ ގަޑިއާ މާ ވަގުތު ކުޑަތަން ކޮށްފައި ވޯޓުލުން ބަންދުކުރާ ނަމަ، މައްސަލަތަކެއް ކުރިމަތިވެދާނެ ކަން ފާހަގަކޮށް، ހަވީރު 5 ޖަހާއިރު ވޯޓުލުން ބަންދު ކުރުމަކީ އެކަށީގެންވާ ވަގުތު ކަމަށް ފާހަގަކޮށްފަ އެވެ.

އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވަނީ މި ފަހުން ބޭއްވި އިންތިހާބުތަކުގައި ވެސް އަމަލު ކޮށްފައި ވާނީ އެގޮތަށް ކަން ފާހަގަކުރައްވައި އެ ހުށަހެޅުމަށް ތާއީދު ކުރައްވައިފަ އެވެ.

ވޯޓުލާ ވަގުތާ ގުޅޭ ގޮތުން މެންބަރުން ވަނީ ވޯޓުލާ ވަގުތު އިތުރުކޮށް ނުވަތަ އިތުރު ބަދަލެއް ނުގެނައުމަށް އެދިފަ އެވެ.

ގައުމީ ލަފާދޭ ކޮމިޓީގެ ހުށަހެޅުންތަކަށް ބަލައި، ގޮތް ނިންމާނީ އިލެކްޝަންސް ކޮމިޝަނުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-