-Advertisement-

-Advertisement-

ހަނިމާދޫގެ އާ ރަންވޭ އާދިއްތަ ދުވަހު ބޭނުންކުރަން ފަށަނީ

ފޮޓޯ؛ އަވަސް އެމްވީ

ހދ. ހަނިމާދޫ އެއާޕޯޓުގެ އާ ރަންވޭ އަންނަ އާދީއްތަ ދުވަހު ބޭނުންކުރަން ފަށާނެ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިން ބުނެފި އެވެ.

އެކުންފުނިން މައުލޫމާތު ދެއްވި ގޮތުގައި އިންޑިއާގެ އެހީގައި ހިންގާ ޕްރޮޖެކްޓުގައި މިދިޔަ ނޮވެމްބަރު ހިސާބުގައި އާ ރަންވޭގެ 1.2 ކިލޯމީޓަރު ނިންމުމަށް ފަހު އެބައި ހުޅުވަނީ، މިހާރު ބޭނުންކުރާ ރަންވޭގެ މައްޗަށް އެ އެއާޕޯޓުގައި ހަދާ ރަންވޭއިން ބައެއް އަރާތީ ކަމަށެވެ.

އަލަށް ހަދާފައިވާ ރަންވޭގެ ބައެއް ބޭނުން ކުރަން ފަށަން ނިންމީ، އެއާޕޯޓުގެ ހިދުމަތް މެދުކެނޑުނަ ނުދީ ކުރިއަށް ގެންދިއުމަށް ކަމަށް އެކުންފުނިން ބުންޏެވެ.

ހަނިމާދޫ އެއާޕޯޓު ބޮޑުކުރުމުގެ ޕްރޮޖެކްޓްގެ ދަށުން އެ އެއާޕޯޓުގައި އެއާ ޓްރެފިކް ކޮންޓްރޯލް ބިލްޑިން އަކާއި ކާގޯ ބިލްޑިން އާއި ޕެސެންޖާ ޓާމިނަލް ވެސް ހެދުމަށް ހަމަޖެހިފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-