-Advertisement-

-Advertisement-

އިންޓަނޭޝަންލް ކޯޓްގައި ނިރުބަވެރި އިޒްރޭލާއި ދެކޮޅަށް ކުރިޔަށްދާ މައްސަލައިގެ ވަގުތީ އަމުރު ނެރުން މި ހުކުރު ދުވަހު

Breaking News

ދެކުނު އެފްރިކާއިން އިޒްރޭލާއި ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ކުރިޔައްދާ މައްސަލައިގެ ވަގުތީ އަމުރެއް މި އަންނަ ހުކުރު ދުވަހު (ޖެނުއަރީ 26) ގައި ނެރޭނެ ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިރޭ ބުނެފިއެވެ.

މިރޭ އެކޯޓިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތައް ކުއްވެރިކޮށް ފިޔަވަޅު އަޅާ ދިނުމަށް އެދި ދެކުނު އެފްރިކާއިން 29 ޑިސެންބަރ 2023ގައި  އެ ކޯޓަށް ހުށައަޅާފައިވާ މައްސަލައިގެ ވަގުތީ އަމުރެއް ޖެނުއަރީ 26, 2024 ވަނަ ދުވަހު އޮންނަ އަޑު އެހުމުގައި ނެރޭނެކަމަށެވެ. މި ވަގުތީ އަމުރަކީ ދެކުނު އެފްރިކާއިން ތުހުމަތު ކުރާ ނަސްލު ނައްތާލުމުގެ އަމަލު ހުއްޓުވުމުށް އަވަސް ފިޔަވަޅުތަކެއް އަޅާ ދިނުމަށް ދެކުނު އެފްރިކާއިން އެދިފައިވާ އެދުމަށް ރިޔާއަތްކޮށް ނެރޭ ވަގުތީ އަމުރެއް ކަމަށެވެ.

މި އަޑު އެހުން ވަގުތުން ދުރަށް ދައްކާނެ ކަމަށް ވެސްއެކޯޓުގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ. މި އަޑު އެހުން ފަށާނީ ހުކުރު ދުވަހު ރާއްޖެ ގަޑިން ހަވީރު 5 ޖަހާއިރުއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-