ސޯޝަލް މީޑިޔާގެ ޕްލެޓްފޯމް ތަކުގައި ގިނަ ބައެއްގެ އަބުރަށް އަރައިގަންނަމުން ދާ މަޝްހޫރު ހަސަން ކުރުސީ އަކީ ކުރީގެ ސިޔާސީ ފުންނާބު އުސްމީހެއް ކަމުގައި ޒުވާން މަސްވެރިޔާ ބުނެފިއެވެ.
ޒުވާން މަސްވެރިޔާ މިހެން ބުނެފައިވަނީ އެކްސްގައި ޕޯސްޓު ކުރައްވާފައިވާ ވީޑިއޯއެއްގައިއެވެ. ޒުވާން މަސްވެރިޔާ ބުނެފައިވަނީ އެކި ފަހަރު މަތިން އެތަކެއް ދުވަސް ވަންދެން ކުރުސީގެ ބުލީ ކުރުމުގެ ޝިކާރައަކަށް އޭނާ ވެފައިވާ ކަމަށެވެ. އޭނާ ބުނީ އޭނާއާއި ބެހޭ ގޮތުން ދޮގު ވާހަކަ ތަކެއް ފަތުރަމުންދާ ކަމަށެވެ. މީގެތެރޭގައި އުދީރޫ ގެ އެމްބެސިޑަރު ކަމުން ވަކު ކުރީ އުރީދުން އިން ކަމަށާއި، ޒުވާން މަސްވެރިޔާ އަކީ ވަގެއް ކަމަށާއި، ދިވެއްސަކަށްވެ ހުރެ ބޭރު ގައުމެއްގައި މަސް ޕޮރޮމޯރޓް ކުރާ ކަމަށް ބުނެ ތުރުމަތުތަށް ކޮށްފައިވެއެވެ. މީގެ އިތުރުން މިހާރު އޭނާ ކުރަމުންދާ ރާއްޖޭގެ ދަތުރާއި ބެހޭ ގޮތުންވެސް ފާޑު ކިޔާފައިވާކަމަށް ޒުވާން މަސްވެރިޔާ ވަނީ ފާހަކަ ކޮށްފައިއެވެ.
މިކަމަށް ރައްދު ދިނުމުގެ ގޮތުން ޒުވާން މަސްވެރިޔާ ބުނެފައިވަނީ އުރީދޫގެ އެމްބެސިޑަރ ކަމުން ވަކިވީ އަމިއްލަ އަށް ކަމަށާއި ސަބަބަކީ އޭރު ދާން ބޭނުންވިފައި ހުރި ރާއްޖޭގެ ދަތުރު މުހިންމު ވުމެވެ. މީގެއިތުރުން އޭނާ ޕްރޮމޯރޓް ކުރާ މަސްދަޅަކީ ރާއްޖޭގެ އުފެއްދުމެއް ކަމަށާއި ދަޅުގެ ޕެކޭޖިންގައި ވެސް ރާއްޖޭގެ އުފެއްދުމެއްކަން ފެންނަން ހުންނާނޭ ކަމަށެވެ. އަދި ހަމަ އެހެންމެ މިހާރު އޭނާ ކުރަމުންދާ ދަތުރާއި ބެހޭގޮތުން ދައްކަމުންދާ ވާހަކަ އަކީވެސް ހަމަ ހުސް ދޮގު ވާހަކަ ކަން އޭނާ ވަނީ ފާހަކަ ކޮށްފައިއެވެ.
ހަސަން ކުރުސީއަކީ ކުރީގެ ސިޔާސީ ފުންނާބު އުސް މީހެއް ކަމަށާއި މިހާރު ފަނޑުވެ ކުލަ ގަނޑު ގޮސްފައިވާ މީހެއް ކަމަށް އޭނާ ބުންޔެވެ. އަދި އެކަހަލަ މީހަކު އެހާ ދަށު ދަރަޖައިގެ އަމަލެއް ކޮށްފާނެ ކަމަށް ހީނުކުރާ ކަމަށް އޭނާ ބުނެފައިވެއެވެ. އަދި ކުރުސީއަށް ފޮލޯ ކުރާ 27،000 ވުރެ ގިނަ މީހުން ތިބި އިރު އެމީހުންގެ ކައިރިން ޒުވާން މަސްވެރިޔާވަނީ ހަސަން ކުރުސީ ބްލޮކް ކުރުމަށް އެދިދައިއެވެ. އޭނާ ބުނީ އޭނާ ދެކޭ ގޮތުގައި ހައްލަކީ އޭއީ ކަމުގައިއެވެ.
ހަސަން ކުރުސީއަކީ ރައީސް ނަޝީދު ކަމަށް ބައެއް މީހުން މީގެ ކުރިން ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް ނަޝީދުވަނީ މިވާހަކަތައް ދޮގު ކުރައްވާފައިއެވެ.