-Advertisement-

-Advertisement-

ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ ފެނިއްޖެ

ފޮޓޯ؛ ދިވެހި ފުލުހުންގެ ހިދުމަތް

ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން ދިޔައީ ދ. މީދޫ، ދުނބުރިމާގެ މަރިޔަމް ރާމިޒާ (36އ) އެވެ. ރާމިޒާ މިހާރު ދިރިއުޅެމުން އަންނަނީ ވ. ލަކީސްޕޮޓް ގައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ ރާމިޒާ ހޯދަމުގެ މަސައްކަތް ފުލުހުން ފަށާފައިވަނީ އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް މިމަހުގެ 24 ވަނަ ދުވަހުގެ ރޭ 20:37 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާތީ ކަމަށެވެ..

ރާމިޒާ އެންމެ ފަހުން އާއިލާއަށް ފެނިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ރޭ 21:00 އެހާކަންހާއިރު، އޭނާ ދިރިއުޅޭ ގެއިން ކަމަށް އާއިލާ އާއި ހަވާލާދީ ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިއަދު 11:40 އެހާކަންހާއިރު މާލޭއިން އޭނާ ފެނިފައިވާއިރު، އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-