-Advertisement-

-Advertisement-

ކައިވެނި ކޮށްގެން އުޅުނު 12 މީހަކަށް އެކަނިވެރި މީހުންގެ އެލަވަންސް އެންސްޕާއިން ދީފި

ކައިވެނި ކޮށްގެން އުޅުނު 12 މީހަކަށް އެކަނި ދަރިން ބަލަހައްޓާ މައިން އަދި ބަފައިންނަށް ދޭ އެލަވަންސް ދީފައިވާ ކަމަށް އެންސްޕާގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އެންސްޕާގެ މާލީ އޮޑިޓް ރިޕޯޓުގައިވަނީ އެކަނިވެރި މައިންނާއި ބަފައިންގެ އެލަވަންސް ދޭން ނުޖެހޭ 12 މީހަކަށް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އެއް މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އޮޑިޓަ ޖެނެރަލްގެ އޮފީހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ލިބެން ނުޖެހޭ ބަޔަކަށް އެލަވަންސް ލިބެނީ ކައިވެންޏާއި ވަރީގެ މައުލޫމާތު ގަވައިދުން ހޯދައި އެ އެލަވަންސް ލިބޭ މީހުންގެ ސައްހަކަން ނުބަލާތީއެވެ.

މިކަމާއި ބެހޭ ގޮތުން އެންސްޕާއިން  ބުނީ އެހީ ލިބޭ މީހުންގެ ދިރިއުޅުމުގެ ހާލަތު ބަދަލުވެއްޖެ ނަމަ އެކަން އެންގުމަކީ އެހީ ލިބޭ މީހުން ކުރަން ޖެހޭ ކަމެއް ކަމަށާއި އެކަމަކު ހާލަތު ބަދަލުވުމަށް ފަހު އަންގަމުން ނުދާ ކަމަށެވެ.

އެންސްޕާ އިން ކޯޓުތަކުގެ މައުލޫމާތު އެއް ވިއުގައަކުން ގުޅިފައި ނުވާތީ، އެންމެ އެދެވޭ އަވަސް މިނުގައި އެންސްޕާ އަށް އެ މައުލޫމާތުތައް ނުލިބޭ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-