ހދ. ހަނިމަދޫގައި މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ފުލުހުންނަށް ލިބުނު ރިޕޯޓަކާ އެކު މި މަހުގެ 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ދެ މީހަކުހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި އޮޕަރޭޝަންގައި އެރަށު ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށް 38 އަހަރުގެ މީހަކާއި 42 އަހަރުގެ މީހަކުހައްޔަރުކޮށްފައިވާއިރު މި ދެ މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.
މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އެކަކުގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާއިރު، އަނެއް މީހާ 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ