މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް (މަޓާޓޯ) ގެ ސީއީއޯގެ މަގާމަށް އާމިނަތު ސޫޒަން އައްޔަންކޮށްފިއެވެ.
މަޓާޓޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އެސޯސިއޭޝަންގެ ސީއީއޯއަކަށް އަންހެން ބޭފުޅަކު އައްޔަން ކުރުމަކީ މިފަދަ މުހިންމު ދާއިރާތަކުގައިއަންހެނުން ބާރުވެރިކޮށް އެ އެސޯސިއޭޝަނުން މިންތީގެ ހަމަހަމަކަަށް އިސްކަންދޭ މިންވަރު ހާމަވެގެންދާ ކަމެއް ކަމަށެވެ.
ސޫޒަންއަކީ ހޮޓެލްސް އެންޑް ރިޒޯޓް ކޮންސްޓްރަކްޝަން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމާއި މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފްކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ފުރަތަމަ އަންހެން އެގްޒެކެޓިވް ބޯޑު މެންބަރުކަމާއި ނެޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވްސް އެމްޕްލޯޔާސްގެ އެގްޒެކެޓިވްބޯޑު މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.