-Advertisement-

-Advertisement-

ރެސިޕީ – ކްރީމީ ޗިކަން

ބޭނުންވާ ތަކެތި

  • 1/2 ކިލޯބޯންލެސް ޗިކަން
  • 3 ސަމްސާ ލޮނު މިރުސް
  • 2 ސަމްސާ ލޮނު
  • 2 ސަމްސާ އަސޭމިރުން
  • 2 ސަމްސާ ގާލިކް ޕޭސްޓް
  • ކުޑަ ޕެކެޓް ކުކިންގ ކްރީމް
  • 2 ސަމްސާ ބަޓަރު

ތައްޔާރު ކުރާނެ ގޮތް

އެންމެ ފުރަތަމަ ކުކުޅު މަސްގަނޑު 2  އިންޗި ނުވަތަ 3 އިންޗީގެ މިނަށް ތުނި ކޮށް ފޮތި ކޮށްލާނެވެ. އެއަށްފަހު އޭގެ ތެރެއަށް ލޮނު ، އަސޭމިރުން އަދި ލޮނުމިރުސް ލައި އެއް ކޮށްލުމަށްފަހު އަވަނުގައި 30 މިނެޓަށް 200 ޑިގްރީގައި ފިހެލާށެވެ.

ކްރީމް ގަނޑު ތައްޔާރު ކުރުމަށްޓަކައި ތަވާ ތެރެއަށް ބަޓަރު އެޅުމަށްފަހު ވިރުވާލާށެވެ. އެއަށްފަހު ގާލިކް ޕޭސްޓު އެޅުމަށްފަހު ހަކާލުމަށް ފަހު ކުކިންގ ކްރީމް  ޕެކެޓް އަޅާލާށެވެ. ލޮނު ހެޔޮވަރު ކުރުމަށްޓަކައި ލޮނު ލުމަށްފަހު އަސޭމިރުސް ކޮޅެއް އަޅާށެވެ. ކްރީމް ގަނޑު ކެކެން ފެށުމުން ފިހެވިފައި ހުރި ކުކުޅު މަސްކޮޅުއެޅުމަށް ފަހު އެއް ކޮށްލާށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-