-Advertisement-

-Advertisement-

‎މަކަރާއި ހީލަތުގެ މައްސަލައެއްގައި ބިދޭސީއެއް ހޯދަނީ

ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް

މަކަރާއި ހީލަތުގެ މައްސަލައަކާއި ގުޅިގެން އިންޑިޔާއަށް ނިސްބަތްވާ މީހަކު ފުލުހަށް ހާޒިރުވުމަށް އިއުލާން ކޮށްފި އެވެ.

މި މީހާ ހޯދުމުން ދަނީ ހުޅުމާލޭ  ފޭސް 2 އިން ހިންގަމުންދާ މަކަރާއި ހީލަތާއި ގުޅުން ހުރި މައްސަލައެއްގައިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މީނާ ހޯދަނީމީހެއްގެ އެކައުންޓުގައި ހުރި 39000 ރުފިޔާ ނަގާފައިވާ މައްސަލައަކާގުޅިގެންނެވެ.

އަދި މި މީހާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުންއަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާ އިއުލާންކޮށްފަ އެވެ.

އެހެންކަމުން 2024 ފެބްރުއަރީ 3 ވަނަ ދުވަހުގެ 14:00އަށް ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަން ސައި ތެޖާ މެދަރަމެޓްލާ ހާޒިރުވުމަށް ފުލުހުން ވަނީއަންގާ އިއުލާންކޮށްފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-