-Advertisement-

-Advertisement-

‎ސިލަބަސް ކަވަރުކުރަން ބައެއް ސްކޫލުތަކުގައި ގަޑި އިތުރުކޮށް ހޮނިހިރު ދުވަހު ވެސް ކިޔަވައިދެނީ

ފޮޓޯ: ވަން އޮންލައިން

 

ދިރާސީ އާ އަހަރު ފެށުން އަވަސްކުރުމުގެ ސަބަބުން ސިލަބަސް ކަވަރުކުރުމަށް ބައެއް ސްކޫލުތަކުގައި ކިޔަވައިދޭ ވަގުތު އިތުރުކޮށް ހަފްތާ ބަންދުގައި ވެސްކިޔަވައިދޭން ފަށައިފި އެވެ.

ވަގުތު އިތުރު ނުކޮށް ވެސް ސިލަބަސް ކަވަރުކުރެވޭނެ ކަމަށް މިނިސްޓްރީން ދެކޭ ނަމަވެސް

ބައެއް ބެލެނިވެރިންނާއި ބައެއް ޓީޗަރުން ބުނަނީ ދިރާސީ އާ އަހަރު ފެށުން އަވަސްކުރުމާ ގުޅިގެން، ސިލަބަސް ކަވަރުކުރާ ނަމަ ހޮނިހިރު ދުވަހު ވެސްކިޔަވައިދޭންޖެހޭ ކަމަށެވެ.

މީގެ ކުރިން މިނިސްޓްރީން ބުނެފައި ވަނީ ދިރާސީ އާ އަހަރު ފެށުން އަވަސް ކުރިޔަސް ސިލަބަސް ކަވަރުކުރަން ހޮނިހިރު ދުވަހު ކިޔަވައިދޭން ރަސްމީކޮށްފަށަން ނިންމާފައި ނުވާނެ ކަމަށެވެ.

ނަމަވެސް ބައެއް ސްކޫލްތަކުން ހޮނިހިރު ދުވަހު އެކި ކުލާސްތައް ބާއްވާ ކަމަށާއި އެކަމަށް ހުރަހެއް ނެތް ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ބައެއް ރަށްރަށުގައި ސިލަބަސް ކަވަރުކުރުމަށް ހުރިހާ ގްރޭޑަކަށް ވެސް މެންދުރު ފަހު ނުވަތަ ހަވީރު އިތުރު ގަޑި ނަގައިދޭން ފަށާފައިވާ ކަމަށްވެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-