ފަހި ދިރިއުޅުން ކޯޕަރޭޝަން ގެ ފްލެޓުތަކާ ގުޅޭގޮތުން ހުށަހެޅި ޝަކުވާތަކާއި މެދު މި ހަފުތާގައި ގޮތެއް ނިންމާނެ ކަމަށް އޭސީސީން ބުނެފި އެވެ.
އެ ކޮމިޝަންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4000 ފުލެޓާ ގުޅިގެން ކޮމިޝަނަށް ހުށަހެޅި މައްސަލައާގުޅިގެން، ފްލެޓާ ގުޅޭ ކަންކަން މަޑުޖައްސާލުމަށް އެ ތަނުން އެންގި އެންގުމާ މެދު މި ހަފްތާ ތެރޭގައި ގޮތެއް ނިންމާނެ އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓާ މެދު ސުވާލު އުފައްދައި ގިނަ ބަޔަކު އޭސީސީއަށް މައްސަލަ ހުށައެޅުމާއި އެކު އެ ފްލެޓުގެ ހުރިހާ މަސައްކަތެއް ހުއްޓާލަންނޮވެމްބަރު 15، 2023 ގައި އެ ކޮމިޝަނުން އެންގި އެވެ.
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވެސް ވިދާޅުވީ ފްލެޓާ ގުޅޭ މަސައްކަތްތައް ފަށާނީ އެ މައްސަލައަށް އޭސީސީން ގޮތެއް ނިންމުމުންކަމަށެވެ.
ހުޅުމާލޭގައި މިހާރު ހަދަމުން އަންނަ ފްލެޓުތައް އިމާރާތްކޮށް އެ ތަންތަން ބަލަހައްޓާނީ އެފްޑީސީންނެވެ. އޭސީސީން މައްސަލަ ނިމޭތާ ތިން ދުވަސް ތެރޭގައިފްލެޓު އެގްރިމެންޓުގައި ސޮއިކުރަން ފަށާނެ ކަމަށް އެފްޑީސީ އިން ބުނެއެވެ.