-Advertisement-

-Advertisement-

ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަކުރުމުގެ މަސައްކަތް ފަށައިފި

ރާއްޖޭގައި ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

މިކަން ރައީސް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ހުށަހެޅި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށް ފަހުގައިއެވެ.

މިކަމާއި ގުޅޭ ގޮތުން އަބްދުﷲ ނާޒިމް ވިދާޅުވީ މި ކަރުދާހާ ގުޅިގެން ޔުޓިލިޓީ ކުންފުނިތަކުން ތެލުގެ ހަކަތަ އުފައްދާ މިންވަރު ކުޑަކޮށް، އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމަށްޓަކައި، ކުރު އަދި މެދު ރާސްތާގެ ޕްލޭނެއް ޔުޓިލިޓީ ކުންފުނިތަކާ މަޝްވަރާކޮށްގެން ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓްރީން އެކުލަވާލުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގުދަންކުރުމުގެ ކެޕޭސިޓީ އިތުރުކޮށް ޒަމާނީ ގުދަންތަކާއި ކޯލްޑް ސްޓޯރޭޖްތައް ގާއިމުކުރާނެ ސަރަހައްދުތަކެއް، ހައުސިން މިނިސްޓްރީން ކަނޑައެޅުމަށް ފަހުގައި އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމަށް ވެސް ނިންމި ކަމަށް ނާޒިމް ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-