-Advertisement-

-Advertisement-

މަޖިލީސް އިންތިހާބް ރޯދައިގެ ފަހުން ބާއްވާނަމަ އިތުރު ބަޖެޓް ބޭނުންވާނެ: އީސީ

ރޯދައިގެ ފަހުން މަޖިލިސް އިންތިޚާބު ބާއްވާނަމަ އިތުރު ބަޖެޓް ބޭނުންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ. .

ހަބީބް ވިދާޅުވީ ކުރިން އޮތް ތާރީހުގައި އިންތިޚާބު އޮންނާނެ ކަމަށެވެ. އިތުރު ޚަރަދުތައް ހިންގާނެކަން ފާހަގަކުރައްވާ ހަބީބް ވިދާޅުވީ ރޯދައިގެ ފަހުން އިންތިޚާބު ބާއްވާނަމަ ސްކޫލުތައް ލިބެންޖެހޭނެ ކަމަށާއި ވަސީލަތްތައް ފޯރުކޮށްދޭންޖެހޭނެ ކަމަށެވެ. އަދި އޮފިޝަލުންނަށް ރިފްރެޝަރ ޓްރެއިނިންގ ބާއްވަން ޖެހޭނެ ކަމަށެވެ.

ރޯދައިގެ ފަހުން އިންތިޚާބު ބާއްވާ ގޮތަށް މަޖިލީހުން ނިންމައިފިނަމަ، ހުރިހާ ކަމަކަށް މަގު ފަހިކޮށްދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.

އަންމަ މާރޗް 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ވޯޓްލާ ގަޑިއަކަށް ކަނޑައަޅާފައި ވަނީ ހެނދުނު 8:00 އިން ހަވީރު 17:00 އާ ހަމަޔަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-