ފުލުހުން ތަހުގީގު ކުރަމުން ގެންދާ މާރާމާރީގެ މައްސަލައެއްގައި މީހަކު ހޯދުމަށް އިއުލާންކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ހޯދަން އިއުލާން ކޮށްފައިވަނީ ހުޅުމާލެ އަށް ނިސްބަތްވާ އުމުރުން 50 އަހަރުގެ އަހުމަދު ނިޒާމެވެ. މީނާ ހޯދަން އިއުލާން ކުރީ ހުޅުމާލެ ފޭސް އެކެއް ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ މާރާމާރީ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީއެވެ.
ފުލުހުން އަމަލުކުރަމުންދާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ނިޒާމް ހާޒިރުވާން ޖެހޭނީ ފެބްރުއަރީ 15 ވަނަ ދުވަހު ހެނދުނު 10:00 އަށް ހުޅުމާލެ ފޭސް އެކެއް ޕޮލިސް ސްޓޭޝަނަށެވެ.