ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް، އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މަޖިލީހުގެ ހަތަރުވަނަ ދައުރަށް ވާދަކުރެއްވުމަށް ނިންމަވައިފިއެވެ.
ޑިމޮކްރެޓްސްގެ ޓިކެޓުގައި މަޖިލީހަށް ކުރިމަތިލައްވާ އީވާ އަބްދުﷲ އަށް ވަނީ ޕްރައިމަރީއަކާ ނުލައި ޑިމޮކްރެޓްސްގެ ޓިކެޓު ކަށަވަރުވެފައެވެ.
ޑިމޮކްރެޓްސްގެ ޓިކެޓް އީވާއަށް ލިބިލެއްވީ ގަލޮޅުއުތުރު ދާއިރާއަށް އެހެން ކެނޑިޑޭޓެއް ކުރިމަތިލާފައި ނުވާތީއެވެ.
އީވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ކަމަށް އެންމެ ފުރަތަމަ އިންތިހާބުކުރީ 2009 ވަނަ އަހަރު އެވެ.
ޑިމޮކްރެޓްސްގެ ޓިކެޓު ޕްރައިމަރީއަކާ ނުލައި ލިބުނު ކެންޑިޑޭޓުންގެ ތެރޭގައި އީވާގެ އިތުރުން ދެން ހިމެނެނީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ޑިމޮކްރެޓުންގެ މަޖިލިސް ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ ހަތަރު ދާއިރާއެއްގަ އެވެ.
ދަ ޑިމޮކްރެޓްސްއިން މަޖިލިސް ޕްރައިމަރީ ބާއްވާ ދާއިރާތަކަކީ ހެންވޭރު ދެކުނު ދާއިރާ އާއި ކަނޑިތީމު ދާއިރާ އާއި ކެލާ ދާއިރާގެ އިތުރުން ހުޅުމާލެ ދެކުނު ދާއިރާ އެވެ.