ޕީޖީ ހުސެއިން ޝަމީމަށް ހަމަލާދީފައިވަނީ މިއަދުގެ ފަތިހުން ފެށިގެން އެބޭފުޅާގެ ހަރަކާތްތަކަށް ފާރަލުންދިޔަ ދެ މީހަކު ކަން އެނގިއްޖެ އެވެ.
ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ޝަމީމަށް ހަމަލާދީފައިވަނީ ސައިކަލެއްގައި ދިޔަ ދެ މީހަކު ހަތިޔާރެއް ބޭނުންކޮށްގެން ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެ މީހުން ދިޔައީ މިއަދު ފަތިހު ޝަމީމް ދުވަން ގެއިން ނުކުމެވަޑައިގަތީއްސުރެ ފަރާލަމުންނެވެ.
ޝަމީމަކީ ފަތާށާއި ދުވަން އާންމު ގޮތެއްގައި އެކަނިމާ އެކަނި ނުކުމެވަޑައިގެން އުޅުއްވާ ބޭފުޅެއް ނަމަވެސް، ބައެއް ދުވަސްވަރު ސެކިއުރިޓީއެއް ގެންގުޅުއްވަ އެވެ.
މި މައްސަލައިގެ ތަހުގީގަށް އެއްކުރި މައުލޫމާތުން ވަނީ މިހާތަނަށް އެނގިފައިވަނީ ކަސްރަތަށް ޝަމީމް މާލޭގެ މަގުމަތީ މިއަދު ފަތިހު ދުވަމުން ގެންދެވިއިރު، އޭނާގެ ފަހަތުން ހަމަލާދިން ދެ މީހުން ފަރާލާފައިވާ ކަމަށާއި އެ ދެ މީހުން ތިބީ ހެލްމެޓް އަޅައިގެން ކަމަށް ވެސް އެނގިފައި ވެއެވެ.
އެ ދެ މީހުން ޝަމީމަށް ހަމަލާދީފައި ވަނީ ދުވެ ނިންމެވުމަށް ފަހު، ދަރިފުޅު ސްކޫލަށް ލާފައި ވަޑައިގެން ގެއަށް ވަންނަވަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މަރުތޭލައަކުން ޝަމީމަށް ހަމަލާދޭން އެ މީހުން މަސައްކަތްކުރީ ބޮލަށް ނަމަވެސް ހަމަލާ އިން ދިފާއުވާން ޝަމީމް ކުރެއްވި މަސައްކަތުން މަރުތޭލަ އޭނާގެ ވައަތުގައި ޖެހި އުޅަނބޮށީގެ ތިރިއަށް ވަނީ އަނިޔާ ވެފަ އެވެ. މިހާރު އެބޭފުޅާގެ ހާލު ރަނގަޅު ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ހަމަލާ އަށް ފަހު ޝަމީމްގެ ސެކިއުރިޓީ އެމްއެންޑީއެފުން ވަނީ ވަރުގަދަކޮށްފަ އެވެ.