-Advertisement-

-Advertisement-

ރާއްޖެ އެތެރެކުރާ ބުއްފުޅި އާއި ތުން ރަޖިސްޓްރީ ކުރަން އަންގައިފި

ސިއްހީ ވުޒާރާގެ އޮފީސް

ރާއްޖެ އަށް އެތެރެކޮށް ވިއްކާ ބުއްފުޅި އާއި ބުއްފުޅީގެ ތުން ރަޖިސްޓްރީ ކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ

އެފަރާތުން ނެރިފައިވާ އިއުލާނެއްގައި ވަނީ އެމްއެފްޑީއޭ އިން ނެރުނު އިއުލާނެއްގައި ވަނީ 2015 ވަނަ އަހަރު އާއްމުކުރި، ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ވިޔަފާރީގައި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދުގައި ބަޔާންކުރާ ތަކެތި ރާއްޖެ އަށް އެތެރެކުރުމަށް މިހާތަނަށް ހުއްދަ ދެމުން ދިޔައީ ދިރިތި ޕޯޓަލްގައި ރަޖިސްޓަރީ ކުރުމަށް ފަހު ކަމަށް ނަމަވެސް، މިހާރަކަށް އައިސް އެ ތަކެތި ރަޖިސްޓަރީ ނުކޮށް އިމްޕޯޓު ކުރާ ކަމަށް އިއުލާންގައިވެއެވެ.

ރެޖިސްޓްރީ ކުރަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ތަކެތީގެ ތެރޭގައި ބުއްފުޅި އާއި ބުއްފުޅީގެ ތުން ހިމެނޭ ކަމަށް ގަވާއިދުގައި ވެއެވެ. އެމްއެފްޑީއޭ އިން ބުނީ ބުއްފުޅި އަދި ބުއްފުޅީގެ ތުން އެތެރެކުރާ ވިޔަފާރިތަކުން މި އަހަރުގެ ޖުލައިގެ ފަހުން އެ އިދާރާގައި ރެޖިސްޓްރީ ކުރަން އަންގާ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-