-Advertisement-

-Advertisement-

ރައްޔިތުން މަޖިލީހުގައި ހިންގި ހަމަނުޖެހުން ފުލުހުން ތަހުޤީގުކުރަން ފަށައިފި

ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާރވިސް

ރައްޔިތުން މަޖިލީހުގައި ހިންގި ހަމަނުޖެހުން އިންވެސްޓިގޭޓް ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު މިއަދު ވިދާޅުވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ވަޒީރުންނަށް ރުހުން ދިނުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާ ހޫނުވެ، ހިނގި މާރާމާރީގެ މައްސަލަ ބަލަންފަށާފައިވާ ކަމަށެވެ.

ނާފިޒް ވިދާޅުވީ، އެދުވަހު މަޖިލީހުގައި ހިންގި ހަމަނުޖެހުމާއި ގުޅިގެން މަޖިލީހުގެ އިދާރާއިން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާކަމަށެވެ. އަދި ހަމައެހެންމެ އެ ހަމަނުޖެހުމުގައި އަނިޔާވި ބައެއް މެންބަރުންވެސް ފުލުހުންގެ އިދާރާއަށް މައްސަލަ ހުށަހަޅާފައިވާކަން ނާފިޒް ފާހަގަކުރެއްވިއެވެ.

އަދި އެދުވަހުގެ ޖަލްސާގައި އަނިޔާވި މެންބަރުންނާއި މަޖިލީހުގެ ބައެއް މެންބަރުންނަށް ލިބިފައިވާ އިންޒާރުގެ މެސެޖުތައް މިހާރު ދަނީ ތަހުގީގުކުރެވެމުން ކަމުގައިވެސް ނާފިޒް ވިދާޅުވިއެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-