-Advertisement-

-Advertisement-

‎މެދުކެނޑުމަކަށްފަހު ޕްރީ މެޑިސިންގެ ކޯސް ގަބޫލުކުރަން ފަށައިފި

ފޮޓޯ: ރާއްޖެ އެމްވީ

ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު ޕްރީމެޑިސިންގެ ކޯސް އަނެއްކާވެސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ގަބޫލުކުރަން ފަށައިފި އެވެ.

ޕްރީ މެޑިސިންއަކީ ޑޮކްޓަރުކަމުގެ ފުރަތަމަ ޑިގްރީ (އެމްބީބީއެސް) ނުވަތަ ޑެންޓިސްޓްރީ ކޯސް (ބީޑީއެސް) ކޯހަށް ޝަރުތު ހަމަކުރުމަށްޓަކައި އޭ ލެވެލްގެބަދަލުގައި ހަދާ އެއް އަހަރުގެ ކޯހެކެވެ.

އެހެންނަމަވެސް، މެޑިކަލް ކައުންސިލުން ޖެނުއަރީ، 2019 ގައި ނެރުނު ބަޔާނުގައި ބުނެފައިވަނީ ޕްރީ މެޑިސިން ގަބޫލުކުރުން ހުއްޓާލަން ނިންމީ ބައެއްގައުމުތަކުގެ އެ ކޯސްތައް ފަރުމާ ކޮށްފައިވާ ގޮތުން ދަރިވަރުންގެ ފެންވަރު ދަށްވާ ކަމަށް ފާހަގަ ކުރެވޭތީއެވެ.

އެއް އަހަރުގެ މުއްދަތަށް ޕްރީ މެޑިސިން ކޯސް ހިންގުމުގައި ނަމުގައި ބައެއް ގައުމުތަކުން ހަ މަސް ދުވަހުގެ މުއްދަތަށް ވެސް އެ ކޯސް ހިންގާ ކަމަށް އެބަޔާނުގައިވެ އެވެ.

ނަމަވެސް ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު އެ ކައުންސިލުން ވަނީ އެ އުސޫލަށް ބަދަލު ގެނެސްފަ އެވެ.

އޮގަސްޓް 22، 2023 ގައި ނެރުނު އުސޫލުގައި ބުނެފައިވަނީ ބަޔޮލޮޖީ އާއި ކެމިސްޓްރީ އާއި ފިޒިކްސް އަދި ހިސާބުން ސީ ގްރޭޑަށް ވުރެ ދަށުންފާސްވެފައިވާ ދަރިވަރުން އެއް އަހަރު ނުވަތަ އެކަޑެމިކް 32 ހަފުތާގެ ޕްރީ މެޑިސިން ފުރިހަމަ ކުރަންޖެހޭނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-