-Advertisement-

-Advertisement-

‎ޑިންގީ ކަފު ޖަހައިގެން ގެންދަނިކޮށް އަޑިއަށް ގޮސްފި

ވިލިމާލެ އިން ތިލަފުއްޓަށް ކަފު ޖަހައިގެން ގެންދިޔަ ޑިންގީއެއް އަޑިއަށް ދިއުމާ ގުޅިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފްގެ ފަަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި  ޖެނުއަރީ 27 ވަނަ ދުވަހު ވިލިމާލެ އިން ތިލަފުއްޓަށް ޑިންގީ ކަފު ޖަހައިގެން ގެންދިއުމުގެ މަގުމަތީގައިގުޅީފަޅު ކައިރިން ޑިންގީ ދިޔަވެ އަޑިއަށް ވަނީ ގޮސްފައިއެވެ.

އަޑިއަށް ދިޔަ ޑިންގީ ހޯދުމަށް ކޯސްޓްގާޑްގެ ޑައިވަރުން އެ ދުވަހު ކުރި މަސައްކަތުން، އެ ޑިންގީ ފެނިފައިނުވި .

ނަމަވެސް ފަހުން ޑިންގީގެ ވެރިފަރާތުން ސޯނަރ (އަންޑަވޯޓަރ އެކޯ ސައުންޑް) ޑިވައިސްއެއްގެ އެހީގައި އެ ޑިންގީ އޮތް ލޮކޭޝަން ފާހަގަކޮށް، އިތުރުއެހީތެރިކަމަށް އެދުމުން، އެމްއެންޑީއެފުން ވަނީ އިއްޔެ ހެނދުނުން ފެށިގެން އެ ޑިންގީ ނެގުމަށް މަސައްކަތްކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-