-Advertisement-

-Advertisement-

ކެންސަރު ބަލީގެ ކޭސްތައް 2050 އަށް 77 ޕަސެންޓް އިތުރުވާނެ

ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާއިރު 2050 ވަނަ އަހަރު އަލަށް މި ބަލި 35 މިލިއަން މީހުންނަށް ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި މިއީ 2022 ވަނަ އަހަރުގެ އަދަދާ އަޅާބަލާއިރު 77 ޕަސެންޓުގެ އިތުރުވުމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން  ބުނެފި އެވެ.

ޑަބްލިޔުއެޗްއޯގެ އިންޓަނޭޝަނަލް އެޖެންސީ ފޯ ރީސާޗް އޮން ކެންސަރ އިން މައުލޫމާތު ދީފައިވާ ގޮތުގައި ކެންސަރު ބަލީގެ މީހުން ގިނަވާނެ ކަމަށް ބެލެވޭ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ދުންފަތާއި ރަލާއި އެކަށީގެންވާ ވަރަށް ވުރެ ބަރުދަން އިތުރުވުން އަދި ވައި ނުސާފުވުން ހިމެނެ އެވެ.

މީގެ އިތުރުން އެފަރާތުން ބުނީ މުޅި ދުނިޔޭގައި ކެންސަރު މިހާ ބާރުމިނުގައި އިތުރުވަމުންދާ ސަބަބުތަކަށް ބަލާއިރު އާބާދީ މުސްކުޅިވަމުން ދިއުމާއި މީހުންގެ ދިރިއުޅުމަށް އަންނަ ތަރައްގީއާ އެކު ކެންސަރަށް މަގު ފަހިވާ ކަންކަމަށް މީހުން ހުށަހެޅޭ މިންވަރު އިތުރުވުން ހިމެނޭ ކަމަށެވެ.

ކެންސަރާ ގުޅޭ ގޮތުން ހެދި ދިރާސާއަށް ފަހު ބުނެފައިވަނީ މި ބަލީގެ ކޭސްތައް ނިސްބަތުން އެންމެ ގިނަވާނީ އެންމެ ބޮޑަށް ތަރައްގީވެފައިވާ ގައުމުތަކުގައި ކަމަށާއި އެ ގައުމުތަކުން 2050 ވަނަ އަހަރު އަލަށް 4.8 މިލިއަން ކޭސް ފެންނާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ. ނަމަވެސް، ކޭސްތަކުގެ އަދަދަށް ބަލާއިރު ކެންސަރު އެންމެ ގިނަވާނީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގައި ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ކެންސަރަށް ފަރުވާ ކުރުމުގެ ގާބިލްކަން ކުޑަ ގައުމުތަކަށް މިއީ ވަރަށް ބޮޑު ބުރަޔަކަށް ވާނެ ކަމަށާއި އެ ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ކޭސްތަކުގެ އަދަދާ އެކު ދެ ގުނައަށް 2050 އާ ހިސާބަށް ދާއިރު އިތުރުވާނެ ކަމުގެ ކަންބޮޑުވުން ވަނީ ރިޕޯޓްގައި ފާޅުކޮށްފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-