މަކާރާއި ހީލަތުން ފައިސާ ހޯދި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ހޯދުމަށް އިއުލާން ކުރީ ގއ. ދާންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ މަކާރާއި ހީލަތުން ފައިސާ ހޯދިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ އަހްމަދު ޝާހީން، ތ. ގުރައިދޫ / ވިނަރެސް (36އ) އެވެ.
ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާފައިވެއެވެ.