ފޯނެއް ވަގަށް ނެގި މައްސަލައިގައި މީހަކު ހޯދަން ފުލުހުން ވީޑިއޯއެއް އާންމުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މިމީހާއަކީ މ. މާޔާގެ ކުރިމަތީގައި ޕާކްކޮށްފައިހުރި ސައިކަލެއްގެ ޕޮކެޓުގައި އޮތް މޯބައިލް ފޯނެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެކެވެ.
މިމީހާ އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ މީހެއް ނަމަ، އެ މައުލޫމާތު 9660183 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ.